Election Commission of Maldives

ޔޫރަޕިއަން ޔޫނިއަންގެ ވަފުދު އިލެކްޝަންސް ކޮމިޝަނާ ބައްދަލުކޮށްފި

30 އޭޕްރީލް 2015, 12:00 ޚަބަރު
ޔޫރަޕިއަން ޔޫނިއަންގެ ވަފުދު އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާއި ބައްދަލުކޮށްފިއެވެ.

ޔޫރަޕިއަން ޔޫނިއަންގެ ވަފުދު އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާއި ބައްދަލުކޮށްފިއެވެ. މިއަދު މެނދުރު ބޭއްވުނު މިބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތާ ބެހޭގޮތުން ވަހަކަ ދައްކައި މާޝްވަރާ ކުރެވުނެވެ.

މީގެ އިތުރުން، މިބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ސިޔަސީ މަސްރަހުގެ ކަންކަން މިވަގުތު ހުރިގޮތާ ބެހޭގޮތުން މަޝްވަރާ ކުރެވުނެވެ. އަދި ކުރިއަށް އޮތް އިންތިޚާބުތަކުގެ މަޢުލޫމާތު ސާފުކޮށް، އިލެކްޝަންސް ކޮމިޝަނުން ކުރިޔަށް އޮތް އިންތިޚާބުތަކަށް ތައްޔާރުވުމުގެ ގޮތުން ކުރަމުންގެންދާ މަސައްކަތްތަކާއި ބެހޭގޮތުންވެސް މަޝްވަރާ ކުރެވުނެވެ.