Election Commission of Maldives

އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަން ގުޅިގެން 2 ދުވަހުގެ މަސައްކަތު ބައްދަލުވުމެއް ފަށައިފި

27 މެއި 2015, 12:00 ޚަބަރު

އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަން ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ނަޒާހަތްތެރިކަމާބެހޭ މަސައްކަތު ބައްދަލުވުމެއް މިއަދު 9:00 އޭ.ސީ.ސީގައި ފަށައިފިއެވެ.

މިމަސައްކަތު ބައްދަލުވުމުގައި ނަޒާހަތްތެރިކަމުގެ މުހިންމުކަމާއި، ރާއްޖޭގައި ކޮރަޕްޝަންގެ ޙާލަތާއި އަދި ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމް ފަދަ މުހިން މައުޟޫއުތަކާ ބެހޭގޮތުން އޭ.ސީ.ސީއިން މަޢުލޫމާތު ދިނުމަށްވަނީ ހަމަޖެހިފައެވެ.

ދެގުރޫޕަކަށް ބަހާލައިގެން ކުރިޔަށް ގެންދާ މިމަސައްކަތް ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ 46 މުވައްޒަފުން ބައިވެރިވަޑައިގަންނަވާނެއެވެ. ދެދުވަހަށް ދެމިގެންދާ މިބައްދަލުވުން ނިމުމަށް ހަމަޖެހިފައިވަނީ މާދަމާގެ ދެވަނަ ސެޝަންއަށްފަހު 16:15ގައި އެވެ.

 

 

 

ނޯޓު: މަސައްކަތު ބައްދަލުވުމުގެ ވީޑިއޯ ކަވަރޭޖް ހެދުމަށް ބޭނުންވާ މީޑިއާތަކަށް މިކަމަށް އެދިލެއްވުމުން އިންތިޒާމް ހަމަޖައްސައި ދެވެނެއެވެ.