Election Commission of Maldives

ދިއްގަރު ދާއިރާގެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓުގައި ކެންޑިޑޭޓުންގެ މަންދޫބުން ސޮއިކޮށްފި

28 މެއި 2015, 12:00 ޚަބަރު
ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓުގައި ކެންޑިޑޭޓުންގެ މަންދޫބުން މިއަދު ސޮއިކޮށްފިއެވެ

ރައްޔިތުންގެ މަޖިލިހުގެ ދިއްގަރު ދާއިރާގެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓުގައި ކެންޑިޑޭޓުންގެ މަންދޫބުން މިއަދު ސޮއިކޮށްފިއެވެ. ޖޫންމަހުގެ 6ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މިބައި-އިލެކްޝަންގައި ކުރިމަތިލާ ކެންޑިޑޭޓުން ނޫނީ ކެންޑިޑޭޓުންގެ މަންދޫބުން ނޫނީ ކެންޑިޑޭޓުން ތަމްޞީލުކުރާ ޕާޓީއަކުން ސޮއިކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައި، ވަގުތު ހަމަވިއިރު ހުރިހާ ކެންޑިޑޭޓުންގެ ފަރާތުންވަނީ ސޮއިކޮށްފައެވެ.

އަދި ދިއްގަރު ދާއިރާގެ ބައި-އިލެކްޝަނަށް ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓު www.elections.gov.mv އިންނާއި، މ. ރަތްމަންދޫ ކައުންސިލުންނާއި، މ. ވޭވަށު ކައުންސިލުންނާއި، މ. މަޑުއްވަރީ ކައުންސިލުންނާއި، މ. މުލީ ކައުންސިލުންނާއި، މ. ދިއްގަރު ކައުންސިލްގެ އިދާރާގައި ޢާންމުކޮށް ފެންނަން ހުންނާނެކަން އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރެފައިވާ އިޢުލާންގައި ހާމަކުރައްވާފައި ވެއެވެ.