Election Commission of Maldives

01 އޮގަސްޓު 2015ގައި ބޭއްވުމަށް ހަމަޖެހިފައިވާ 9 ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

22 ޖޫން 2015, 01:00 ޚަބަރު

01 އޮގަސްޓު 2015ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 9 ބައި-އިލެކްޝަންގައި ވާދަކުރުމަށް ކުރިމަތި ލުމުގެ މުއްދަތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފިއެވެ. މި9 ބައި-އިލެކްޝަންގެ ދާއިރާތަކަކީ ހއ. ދިއްދޫ ކައުންސިލް، ހއ. މުރައިދޫ ކައުންސިލް، ހދ. ނާވައިދޫ ކައުންސިލް،  ށ. ކަނޑިތީމު ކައުންސިލް، ނ. ހެނބަދޫ ކައުންސިލް، ކ. މާފުށީ ކައުންސިލް، ތ. މަޑިފުށީ ކައުންސިލް އަދި މ. އަތޮޅު ކައުންސިލް (ދިއްގަރު ދާއިރާ)އެވެ.

މުއްދަތު އިތުރުކުރުމަށް ނިންމާފައިވަނީ ރަމަޟާން މަހުގެ ރަސްމީ ގަޑިއަކީ ދުވާލަކު 4 ގަޑިއިރުކަމަށްވާތީ، މި ބައި-އިލެކްޝަންތަކަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށް އިތުރު ވަގުތު ބޭނުންވާކަމަށް ކޮމިޝަނަށް ފެންނާތީކަމަށް ކޮމިޝަނުން ހާމަކުރެއެވެ.

މިކޮމިޝަނުން 9 އޭޕްރިލް 2015ގައި ކޮށްފައިވާ އިޢުލާންގައިވާ ގޮތުން މިދާއިރާތަކުގެ ބައި-އިލެކްޝަނަށް ކުރިމަތި ލުމުގެ މުއްދަތު ހަމަވާނީ 23 ޖޫން 2015 އަށެވެ. ނަމަވެސް މިކޮމިޝަނުން މިއަދު ނެރެފައިވާ އިޢުލާނުގައިވާ ގޮތިގެ މަތިން މިމުއްދަތުވަނީ 25 ޖޫން 2015ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:45 އާއި ހަމައަށް އިތުރު ކޮށްފައެވެ.