Election Commission of Maldives

އިލެކްޝަންސް ކޮމިޝަނުން 7 ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކޮށްފި

22 ޖޫން 2015, 02:00 ޚަބަރު

2015ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރަންޖެހޭ ފައިސާގެ ތެރެއިން ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 35ވަނަ މާއްދާގެ (ނ) ގައިވާ އިޖުރާޢުތައް ފުރިހަމަކޮށްފައިވާ 7 ސިޔާސީ ޕާޓީއަކަށް އިލެކްޝަންސް ކޮމިޝަނުން ފައިސާ ދޫކޮށްފިއެވެ.  މިގޮތުން ފައިސާ ދޫކޮށްފައިވާ 7 ސިޔާސީ ޕާޓީ އަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، ދިވެހިރައްޔިތުންގެ ޕާޓީ، ޢަދާލަތު ޕާޓީ، އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ، ޖުމްހޫރީ ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް އެވެ.

އަދި އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމަށްޓަކައި ފޮނުވަންޖެހޭ ލިޔެކިޔުންތައް މިއަދު މިނިސްޓްރި އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުވާފައިވާކަން އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައި ވެއެވެ.