Election Commission of Maldives

ސިޔާސީ ޕާޓީތަކުގެ ހުރިހާ މެމްބަރުންގެ އިނގިލީގެ ނިޝާން ހަމަކުރުމަށް ލާޒިމް ކުރުމަށް ނިންމައިފި

02 ޖުލައި 2015, 12:00 ޚަބަރު

ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން ސިޔާސީ ޕާޓީގެ ހުރިހާ މެމްބަރުންގެ އިނގިލީގެ ނިޝާން ހަމަކުރުން ލާޒިމްކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައި ސިޔާސީ ޕާޓީގެ މެންބަރަކަށް ވުމަށް އެދި ހުށައަޅާ ފޯމުގައި އެމީހެއްގެ އިނގިލީގެ ނިޝާން ހިމެނުމަށް ކަނޑައަޅާފައިވާތީ، އިނގިލީގެ ނިޝާނާއި ނުލައި ހުޝައަޅާފައިވާ ފޯމުތައް މިއަހަރުގެ ޑިސެންބަރު 31ގެ ނިޔަލަށް އިނގިލީގެ ނިޝާން ޖަހައި އަލުން ހުށައެޅުމަށް މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތް 4 މެންބަރުންގެ އިއްތިފާޤުން ވަނީ ނިންމަވާފައެވެ.