Election Commission of Maldives

އިލެކްޝަންސް ކޮމިޝަނާއި މޯލްޑިވިއަން އާއި ދެމެދު އެމް.އޯ.ޔޫއެއް ސޮއި ކޮށްފި

13th ޖުލައި 2015, 12:00 ޚަބަރު

އިލެކްޝަންސް ކޮމިޝަނާއި މޯލްޑިވިއަން އާއި އެކު ވައިގެ ދަތުރުތަކާއި ގުޅޭގޮތުން މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) އެއްގައި މިއަދު ސޮއިކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގައި ބޭއްވުނު މިހަފްލާގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އެމް.އޯ.ޔޫގައި ސޮއި ކުރެއްވީ ކޮމިޝަންގެ ރައީސް، އަޙްމަދު ސުލައިމާން، އަދި މޯލްޑިވިއަންގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގް ޑިރެކްޓަރ އަބްދުލް ހާރިސް އެވެ.

އިލެކްޝަންސް ކޮމިޝަނަކީ ޤައުމީ ފެންވަރުގަޔާއި އަތޮޅު އަދި ރަށު ފެންވަރުގައި އިންތިޚާބުތައް ރާވައި، ހިންގާ ދައުލަތުގެ މުއައްސަސާކަމަށް ވެފައި ދަތުރުފަތުރުގެ އިންތިޒާމްތައް މިހާރަށް ވުރެއް ހަރުދަނާކޮށް އަދި ޚަރަދު ކުޑަ ގޮތަކަށް ކުރެވޭނެ މަގުފަހިކުރުން އެއީ މިއެމް.އޯ.ޔޫގެ މައިގަނޑު މަޤްސަދެވެ.