Election Commission of Maldives

އިލެކްޝަންސް ކޮމިޝަނާއި ސިވިސް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް އާއި ދެމެދު އެމް.އޯ.ޔޫއެއް ސޮއި ކޮށްފި

14 ޖުލައި 2015, 12:00 ޚަބަރު

އިލެކްޝަންސް ކޮމިޝަނާއި ސިވިސް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް (ސީ.އެސް.ޓީ.އައި) އާއި އެކު އިންތިޚާބަށް އޮފިޝަލުން ތަމްރީނުކުރުމާއި ގުޅޭގޮތުން މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) އެއްގައި މިއަދު ސޮއިކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގައި ބޭއްވުނު މިހަފްލާގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އެމް.އޯ.ޔޫގައި ސޮއި ކުރެއްވީ ކޮމިޝަންގެ ނާއިބް ރައީސް، އަމްޖަދު މުޞްޠަފާ، ސީ.އެސް.ޓީ.އައިގެ ފަރާތުން ސޮއި ކުރެއްވީ ސިވިސް ސަރވިސް ކޮމިޝަނުގެ ނާއިބް ރައީސް، އަޙްމަދު ހަސަން ދީދީ އެވެ.

މި މެމޮރަންޑަމް އޮފް އަންޑަރސްޓޭޑިންގ ގެ މައިގަނޑު މަޤްޞަދަކީ އިންތިހާބް ތަކަށް ޢާންމުން ހޭލުންތެރިކުރުމާއި ވޯޓުލުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުންނަށް ދޭންޖެހޭ ތަމްރީނު ޕްރޮގްރާމްތައް ދެފަރާތް އެއްބަސްވާ ގޮތުގެ މަތިން ކުރިއަށް ގެންދިޔުމެވެ. މީގެ އިތުރުން ރައްޔިތުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އިންތިހާބް ތަކާއި ބެހޭ ގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމާއި އެކު އިންތިޚާބު ތަކުގައި ދިމާވާ މައްސަލަތައް މަދުކުރުމެވެ.