Election Commission of Maldives

ސްރީލަންކާގެ ޤާނޫނުހަދާ މަޖިލީހުގެ އިންތިޚާބު ކުރިޔަށްދާގޮތް ބެލުމަށް އިލެކްޝަންސް ކޮމިޝަނުގެ ވަފުދެއް ހަރަކާތްތެރިވަމުން އެބަދޭ

17 އޮގަސްޓް 2015, 12:00 ޚަބަރު

މިއަދު ކުރިޔަށްދާ ސްރީލަންކާގެ ޤާނޫނުހަދާ މަޖިލީހުގެ އިންތިޚާބު ކުރިޔަށްދާގޮތް ބެލުމަށް އިލެކްޝަންސް ކޮމިޝަނުގެ ވަފުދެއް ހަރަކާތްތެރިވަމުން އެބަދެއެވެ. ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުގެ ފަރާރުން މިއިންތިޚާބް އޮބްޒާވް ކުރުމަށް މިމަހުގެ 10 ވަނަ ދުވަހު ސްރީލަންކާއަށް ފުރާވަޑައިގަންފައިވާ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ކޮމިޝަނުގެ ރައީސް އަޙްމަދު ސުލައިމާން، މެންބަރު މުހައްމަދު ޝަކީލް، މެންބަރު އަޙްމަދު އަކްރަމް އަދި އެސިސްޓަންޓް ޑިރެކްޓަރ ޝަހުލާ ރުޝްދީއެވެ.

މިއަދުގެ ވޯޓުލުން ހެނދުނު 7:00އިން ފެށިގެން ހަވީރު 4:00ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ވޯޓުގުނުމުގެ މަސައްކަތް ކުރިޔަށްދާގޮތް މިކޮމިޝަނުގެ ވަފުދުން ބެއްލެވުމަށްވެސްވަނީ ހަމަޖެހިފައެވެ.

މިދަތުރުގައި ސްރީލަންކާގެ އިލެކްޝަންސް ކޮމިޝަނަރާއި އިންތިޚާބަށް ލަންކާގެ ޑިސްޓްރިކްޓްތަކަށް ކަނޑައަޅާފައިވާ ވެރިންނާއި ޗީފް ކޮމިޝަނަރ އޮފް ޕޮލިސްއާއި ރާއްޖޭގެ ވަފުދުވަނީ ބައްދަލު ކުރައްވާފައެވެ. މިދަތުރު ނިންމަވާ އިލެކްޝަންސް ކޮމިޝަނުގެ ވަފުދު އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20ވަނަ ދުހަވުގައެވެ.