Election Commission of Maldives

އިލެކްޝަންސް ކޮމިޝަނުގެ ޓީ.އޯ.ޓީ ނިންމައި، ބައިވެރިންނަށް ސެޓްފިކެޓް ދީފި

23 އޮގަސްޓް 2015, 12:00 ޚަބަރު

އިލެކްޝަންސް ކޮމިޝަންގެ ސިވިކް އެޑިއުކޭޝަން ޕްރޮގްރާމްގެ ދަށުން ހިންގުނު ޓްރެއިނިންގ އޮފް ޓްރެއިނަރސ (ޓީއޯޓީ) ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ. އިއްޔެ ޝީ ބިލްޑިންގް ގެ އަސަރީ މާލަމްގައި ބޭއްވުނު އެއްދުވަހުގެ ރިފްރެޝަސް ޕްރޮގްރާމްގައި ބައިވެރިވެ 9 ބައިވެރިއަކު ވަނީ ޓީއޯޓީ ފުރިހަމަ ކޮށްފައެވެ.

11 ޖޫން އިން 13 ޖޫންއަށް ބާއްވާފައިވާ މިޓީއޯޓީ ކުރިޔަށް ގެންގޮސްފައިވަނީ މައިގަނޑު 4 މޮޑިއުލްއެއްގެ މައްޗަށް ބަހާލެވިގެނެވެ. މިގޮތުން ދިމިޤްރާތީ ނިޒާމް، ޒިންމާ ނެގުމާއި ޖަވާބުދާރީވުން، އިންތިޚާބުތަކާއި އިންތިޚާބު ކުރިޔަށްގެންދާގޮތް، ސިޓިޒަންޝިޕް އަދި ބައިވެރިވުން، މިބައިތަކުގެ މައްޗަށް ބިނާކޮށް ޓްރޭނަރުންނަށް ތަމްރީން ދެވިފައިވެއެވެ.

ޓީއޯޓީގެ ދެވަނަ ބުރެއް އޮކްޓޯބަރ މަހުގައި ބާއްވާ، މިއަހަރުގެ ފަހުކޮޅު ރާއްޖޭގެ ރަށްތަކުގައި މިޕްރޮގްރާމް ހިންގުމަށްވަނީ ހަމަޖެހިފައެވެ. ސިވިކް އެޑިއުކޭޝަންގެ ތަމްރީންތައް ހިންގުމަށް އިލެކްޝަންސް ކޮމިޝަނުން ސިވިކް ސާވިސް ޓްރޭނިންގ އިންސްޓިއުޓް އާއި މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އެއްގައި މިދިޔަ ޖުލައި މަހުވަނީ ގައި ސޮއިކޮށްފައެވެ.

މިފަދަ ތަމްރީންތަކުން 2016ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އެހެން އިންތިޚާބުތަކަށް އަމާޒުކޮށް އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، އޮފިޝަލުންނަށް ތަމްރީން ދެވޭނެކަމަށް ކޮމިޝަނުން ދެކިލައްވައެވެ.