Election Commission of Maldives

ނޫސްބަޔާން 4

08 އޮކްޓޯބަރ 2015, 12:00 ނޫސް ބަޔާން

ނަންބަރު: NB)BB-2015/4)

ނޫސް ބަޔާން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން 2015 އޮކްޓޯބަރ 6 ގައި އެޕާޓީގެ ޤައުމީ މަޖިލީހުގެ 138 ވަނަ ބައްދަލުވުމުގައި ފާސްކުރި ޤަރާރުގައި ، ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތުގެ ޙައިޞިއްޔަތުން މިކޮމިޝަނުން ކަންބޮޑުވާ ކަންކަން ހުރިކަން ފާހަގަ ކުރަމެވެ. މިގޮތަށް ފާހަގަ ކުރެވޭ ކަންކަމުގެ ތެރޭގައި:

  • ޤަރާރު ފަށަމުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ ޙުކުމަކީ ޣައިރު ޤާނޫނީ ޙުކުމެއްކަމަށް ނިންމައި އެގޮތަށް އިބާރާތް ކޮށްފައިިވުން.
  • ދައުލަތުން ޚަރަދުކުރާ ޖަމާއަތެއްގެ ގޮތުގައި (ސިޔާސީ ޕާޓީއެއްގެ ގޮތުގައި) އޮވެ ސަރުކާރުގެ އިސްވެރިންނަށާއި ، ސަރުކާރުގެ ނިންމެވުންތަކަށް ގޮންޖަހައި، އެކަންކަމަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށާއި އެފަދަ ކަންކަމަށް ހިއްވަރުދީ އާއްމު ރައްޔިތުންނަށް ގޮވާލާފައިވުން.
  • ރާއްޖޭގެ ހެދިފައިވާ ދާޚިލީ ޤާނޫނުތަކަށް ބެލުމެއްނެތި، ބޭރުގެ ޖަމާއަތްތައް މެދުވެރިކޮށް ދައުލަތުގެ އިސްފަރާތްތަކަށާއި ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލާފައިވުން.

އިސްވެ ދެންނެވުނު ކަންކަމަށް ބަލާއިރު، އެކަންކަމަކީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 7 ވަނަ މާއްދާއާއި ފުށުއަރާ ކަންތައްތައް ކަމުގައި ފާހަގަ ކުރެއެވެ. މިކޮމިޝަނުން ދެކޭގޮތުގައި ދައުލަތުން ޚަރަދުކުރާ މުއައްސަސާއެއްގެ ގޮތުގައޮވެ މިފަދަ ކަމެއް ކުރުމަކީ އެއްވެސް ސިޔާސީ ޕާޓީއަކަށް ކުރެވިގެންވާނެ ކަމެއްނޫނެވެ.

ވީމާ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޤާރާރު 008/2015 މިކޮމިޝަނުން ހަރުކަށި އިބާރާތުން ކުއްވެރި ކުރަމެވެ. އަދި މިޤަރާރުގައި ބުނެފައިވާ ފަދަ އެއްވެސް އަމަލެއް ނުހިންގުމަށާއި ކޯޓުތަކުގެ ޙުރުމަތް ކެނޑޭފަދަ ގޮތަށް އަމަލުނުކުރުށް  ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް މިކޮމިޝަނުން އިލްތިމާސް ކުރަމެވެ.