Election Commission of Maldives

ނޫސްބަޔާން 6

11th އޮކްޓޯބަރ 2015, 12:00 ނޫސް ބަޔާން

ނަންބަރު: NB)BA-2015/6)

ނޫސް ބަޔާން

 

ހއ. ހޯރަފުށީގައި ހުންނަ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ހަރުގޭގައި ރޯކޮށްލައި، އެތަނަށް ގެއްލުން ދީފައިވާތީ، މިޢަމަލު އިލެކްޝަންސް ކޮމިޝަނުން ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ. އަދި އެފަދަ ނާތަހުޒީބު ޢަމަލުތަކުން އެއްކިބާ ވުމަށް އިލެކްޝަންސް ކޮމިޝަނުން އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ.

ފުރިހަމަ ޑިމޮކްރަސީއެއް ބިނާކުރުމަށްޓަކައި ސިޔާސީ ޙަރަކާތްތައް އަމަން އަމާން ކަމާއެކު ކުރިއަށް ގެންދެވެންޖެހޭނެކަމަށާއި، ސިޔާސީ ޚިޔާލު ތަފާތުވުންތަކާއެކުވެސް، އަނެކާގެ ޙައްޤަށް ހުރަސްއެޅޭފަދަ ގޮތަކަށް ޢަމަލުތައް ބަހައްޓައިގެން ނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ދެކެމެވެ.