Election Commission of Maldives

އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުންނަށް ކުރިއަށް ގެންދިޔަ މަސައްކަތު ބައްދަލުވުން

07 ނޮވެމްބަރު 2015, 06:00 ޚަބަރު
އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުންނަށް އޮފީސް ދިވެހީގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް ކުރިއަށް ގެންގޮސްފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުންނަށް އޮފީސް ދިވެހީގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް ކުރިއަށް ގެންގޮސްފިއެވެ. މި މަސައްކަތު ބައްދަލުވުމުގެ ދަންފަޅިތައް ނަންގަވާދެއްވީ ދިވެހި ބަހުގެ މާހިރެއް ކަމުގައިވާ އާދަމް ޒާހިރެވެ. މި މަސައްކަތު ބައްދަލުވުން ކުރިއަށް ގެންދެވުނީ 2 ދަންފަޅިއަށް ބަހާލައިގެން 5 ގަޑިއިރަށެވެ.
      މި މަސައްކަތު ބައްދަލުވުމުގައި ބަލާލެވުނު މައިގަނޑު ބައިތަކުގެ ތެރޭގައި، ކުށް އިބާރާތް ދެނެގަންނާނެ ގޮތާއި، އިތުރު، ނަންއިތުރު، ކަންއިތުރު، ނަން، ކަން، ބަހުގެ ބަލާޣާތްތެރިކަމާއި، މުނާސަބު ނޫން ބުނުމާއި ޖުމްލަތަކާއި، ހާލަތު ނުބައިކުރުވާ ލަފްޒާއި ރާގު، ޒަމާން ބަދަލްކުރުން، ވާހަކަދެއްކުމުގައި ރާގުގެ މުހިއްމުކަމާއި ވާހަކަ ދެއްކުމުގައި ގެންގުޅޭ ދަރަޖަތައް ހިމެނެއެވެ.
      މި މަސައްކަތު ބައްދަލުވުން ނިންމެވުމުގެ ގޮތުން ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްޠަފާ މުވައްޒަފުންނާ މުޙާތަބުކުރެއްވިއެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައި، މިވޯކްޝޮޕް ކުރިއަށް ގެންދިއުމަށް އެންމެހާ މުވައްޒަފުން ދެއްވި އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މުސްތަގްބަލްގައި މިފަދަ ޕްރޮގްރާމްތައް ހިންގާނޭ ކަމުގެ ވާހަކަ ދެންނެވިއެވެ. ހަމައެހެންމެ މި ވޯކްޝޮޕް ހިންގަވާދެއްވި ފަރާތައްވަނީ ވަރަށް އިޙްލާސްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ.