Election Commission of Maldives

މިމަހުގެ 27 ވާ ހުކުރު ދުވަހު އެމް.ޑި.ޕީ ން ބާއްވަން އިޢުލާން ކޮށްފައިވާ މުޒާހަރާއާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އާ އެމް.ޑީ.ޕީ އާއެކު އިލެކްޝަންސް ކޮމިޝަނުން ބައްދަލުވުމެއް ބާއްވައިފި

23 ނޮވެމްބަރު 2015, 12:00 ޚަބަރު

މިމަހުގެ 27 ވާ ހުކުރު ދުވަހު އެމް.ޑި.ޕީ ން ބާއްވަން އިޢުލާން ކޮށްފައިވާ މުޒާހަރާއާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އާ އެމް.ޑީ.ޕީ އާއެކު އިލެކްޝަންސް ކޮމިޝަނުން ބައްދަލުވުމެއް ބާއްވައިފިއެވެ. މިމަޝްވަރާ ބައްދަލުވުން ބާއްވާފައިވަނީ އިލެކްޝަންސް ކޮމިޝަންގެ އިދާރާގައެވެ.

މިއަދު 10:00 ގައި ބޭއްވުނު މިބައްދަލުވުމުގައި ޤާނޫނީ އިމުގެ ތެރެއިން މުޒާހަރާކުރުމަށް އިލެކްޝަންސް ކޮމިޝަނުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް އިލްތިމާސްކުރެއްވިއެވެ. 27 ވަނަދުވަހުގެ މުޒާހަރާ ކުރިޔަށް ގެންދާނީ ޤާނޫނީ އިމުގެ ތެރެއިން ކަން އެމް.ޑީ.ޕީ އިން މިބައްދަލުވުމުގައި ކަށަވަރު ކޮށްދީފައި ވެއެވެ. އަދި މިކަމުގައި ޤާނޫނާ އެއްގޮތަށް ޢަމަލުކުރައްވާނަމަ، ފުލުހުންގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިންވެސް ވަނީ ވިދާޅުވެފައެވެ.