?> Election Commission of Maldives

ނޫސްބަޔާން 9

20 ޑިސެމްބަރު 2015, 12:00 ނޫސް ބަޔާން

ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރެވިފައިވާ ފަދައިން އެ ޕާޓީއެއްގައި ހިމެނޭ ޞައްޙަ މެންބަރުންގެ އަދަދު 3000 (ތިންހާސް) މެންބަރުންނަށްވުރެ މަދުވާނަމަ އެކަން އެ ޕާޓީއަކަށް އަންގައި، އެ ޕާޓީގެ މެންބަރުންގެ އަދަދު މި މާއްދާގައި ބަޔާންކުރާ އަދަދާ ހަމަކުރުމުގެ ފުރުޞަތު އެ ޕާޓީއަކަށް ދިނުމަށް ޤާނޫނުގައި ބަޔާންކުރާ ހިނދުގައާއި، މި ޤާނޫނުގެ 11 ވަނަ މާއްދާގެ (ނ) ގެ ދަށުން ޕާޓީއަކުން ހުށަހަޅާފައިވާ ނަންތަކުގެ ޞައްޙަކަން ކޮމިޝަނުން ބަލާއިރު، އެ ޕާޓީއެއްގައި ހިމެނޭ ޞައްޙަ މެންބަރުންގެ އަދަދު 3000 (ތިންހާސް) މެންބަރުންނަށްވުރެ މަދުވާނަމަ އެކަން އެ ޕާޓީއަކަށް އަންގައި، އެ ޕާޓީގެ މެންބަރުންގެ އަދަދު މި މާއްދާގައި ބަޔާންކުރާ އަދަދާ ހަމަކުރުމުގެ ފުރުޞަތު އެ ޕާޓީއަކަށް ދިނުމަށް ޤާނޫނުގައި ބަޔާންކުރާ ހިނދު، އެ ޕާޓީތަކަށް އެ މާއްދާގައި ބަޔާންކޮށްފައިވާ 3000 (ތިންހާސް) މެމްބަރުންގެ އަދަދު ހަމަކުރުމަށް 3 މަސްދުވަހުގެ ނޯޓިސްއެއްދީ އެ އަދަދު ހަމަނުކުރެވުމާއި އެކު ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ތިރީގައި ދަންނަވާ ސިޔާސީ ޕާޓީތަށް އުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.

  1. އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ
  2. ދިވެހިރައްޔިތުންގެ ޝޯސަލް ޑިމޮކްރެޓިކް ޕާޓީ
  3. ޝޯސަލް ލިބަރަލް ޕާޓީ
  4. ޕީޕަލްސް ޕާޓީ
  5. މޯލްޑިވިއަން ނެޝަނަލް ކޮންގްރެސް
  6. ޕީޕަލްސް އެލައަންސް
  7. މޯލްޑިވިއަން ލޭބަރ ޕާޓީ
  8. ދިވެހި ޤައުމީ ޕާޓީ