Election Commission of Maldives

އިލެކްޝަންސް ކޮމިޝަންގެ ޓީމެއް ދެކުނު ކޮރެއާއަށް ވަޑައިގެންފި

10 އޭޕްރީލް 2016, 00:00 ޚަބަރު

އިލެކްޝަންސް ކޮމިޝަންގެ ޓީމެއް ދެކުނު ކޮރެއާއަށް ވަޑައިގެންފި

 

13 އޭޕްރީލް 2016 ގައި ދެކުނު ކޮރެއާގައި އޮންނަ ޖެނެރަލް އެސެމްބްލީ އިންތިޚާބު އޮބްޒާވް ކުރުމަށް މި ކޮމިޝަންގެ ޓީމެއް ދެކުރުނު ކޮރެއާއަށް ވަޑައިގެންފިއެވެ. މިޓީމުގައި މި ކޮމިޝަންގެ ފަރާތުން އިސްކޮށް ވަޑައިގެންނެވީ ކޮމިޝަންގެ ނާއިބު ރައީސް އަމްޖަދު މުސްޠަފާއެވެ. ޓީމުގައި ދެން ހިމެނިވަޑައިގަންނަވަނީ ޑިރެކްޓަރ ޖެނެރަލް އަޙްމަދު އަބޫބަކުރު، ސީނިއާރ ކޮމްޕިއުޓަރ އެނަލިސްޓް އަލީ ނަޝާތު، އަދި ސީނިއަރ އައިޓީ އޮފިސަރ އިބްރާހިމް އާމިރުއެވެ.

މިޓީމު ކޮރެއާއަށް މިކުރާ ދަތުރުގައި ކޮރެއާގެ އިންތިޚާބުގެ ނިޒާމު އޮންނަ ގޮތުގެ ފުރިހަމަ މަޢުލޫމާތު އެއްކޮށް، އިންތިޙާބު ހިނގާ ނުހިނގާ ގޮތް ވަރަށް ގާތުން ބެލުމަށް ހަމަޖެހިފައިވެއެވެ. އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ރޮގުން ކުރިއަރާފައިވާ ދެކުނު ކޮރެއާގައި އިންތިޚާބީ ނިޒާމުގައި އައި.ޓީ ގެ ވަޞީލަތްތައް ބޭނުންކުރެވޭ މިންވަރާއި އޭގެ އެސެސްމަންޓެއް މިޓީމުން ހަދާނެއެވެ. މީގެ އިތުރުންވެސް، މިކޮމިޝަނުން ތަޢާރަފް ކުރުމަށް މަސައްކަތް ކުރަމުންދާ އިލެކްޓްރޯނިކް ވޯޓިންގެ ނިޒާމާ ގުޅޭގޮތުން، އޭ-ވެބާއި ދެކުނު ކޮރެއާގެ އިލެކްޝަންސް ކޮމިޝަނާއެކު ސޮއިކޮށްފައިވާ އެމް.އޯ.ޔޫގެ ދަށުން ކުރަންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް އެކަމުގެ ޢަމަލީ މަސައްކަތްތައް ފެށުމަށް ވާހަކަދެކެވޭނެއެވެ.7 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ދަތރު ނިންމަވާލެއްވުމަށްފަހު މި ކޮމިޝަންގެ ޓީމް އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.