Election Commission of Maldives

ދިވެހިބަހުގެ ދުވަސް އިލެކްޝަންސް ކޮމިޝަނުން ފާހަގަކޮށްފި

14 އޭޕްރީލް 2016, 00:00 ޚަބަރު

ދިވެހިބަހުގެ ދުވަސް އިލެކްޝަންސް ކޮމިޝަނުން ފާހަގަކޮށްފި

ދިވެހިބަހުގެ ދުވަސް އިލެކްޝަންސް ކޮމިޝަނުން މިއަދު ފާހަގަކޮށްފިއެވެ. ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހަކީ "ދިވެހިބަހުގެ ދުވަސް" ކަމަށް ސަރުކާރުން ކަނޑައަޅުއްވާފައިވުމާއި ގުޅިގެން، ދިވެހިބަހުގެ އެކަޑަމީއިން އިސްނަގައިގެން އިލެކްޝަންސް ކޮމިޝަނުން ދިވެހިބަހުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ހެނދުނު ޚާއްސަ އެސެންބްލީއެއްވަނީ ބާއްވާފައެވެ.

މިއެސެންބްލީ ޝަރަފުވެރިކޮށްދެއްވާފައިވަނީ ދިވެހިބަހުގެ އެކަޑަމީގެ ފަރާތުން އަލްފާޟިލް އާދަމް ނަސީރު އިބްރާހިމްއެވެ. އިލެކްޝަންސް ކޮމިޝަނުގައި ބޭއްވުނު މިހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ބަހުގެ މުހިންމުކަމާއި ބަސް ދިރުވާ އާލާކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލެއްވިއެވެ.

ދިވެހިބަހުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އޮފީސްތަކުގެ އައު ލަފުޒު މުބާރާތް' މިނަމުގައި ބަހުގެ މުބާރާތެއްވެސް ވަނީ މިހަފްތާގައި ބާއްވާފައެވެ. ކޮމިޝަނުގެ 13 މުވައްޒަފުން ބައިވެރިވި މިމުބާރާތުން 1 ވަނައަށް ހޮވިފައިވަނީ އެޑްމިނިސްޓްރޭޓިވް އޮފިސަރ، ޢައިޝަތު އިލްމާޢިލް؛ 2 ވަނައަށް ހޮވިފައިވަނީ އެޑްމިނިސްޓްރޭޓިވް އޮފިސަރ، ޢިލްމާ ފައުޒީ އަދި ވަނައަށް ހޮވިފައިވަނީ ސީނިއަރ އެކައުންޓްސް އޮފިސަރ އައިމިނަތު ޝައްފާފްއެވެ.

މިއެނެންބްލީގައި ޝަރަފުވެރި މެހެމާނުގެ އިތުރުން، އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަލްފާޟިލް އަޙްމަދު ސުލައިމާން ވާހަކަފުޅު ދައްކަވައި، އަދި 3 މުވައްޒަފެއް ޝުއޫރު ފާޅުކުރައްވާފައިވެއެވެ.