Election Commission of Maldives

އިލެކްޝަންސް ކޮމިޝަންގެ ޓީމެއް ޑޮމިނިކަން ރިޕަބްލިކްއަށް ފުރާ ވަޑައިގެންފި

11th މެއި 2016, 12:00 ޚަބަރު

އިލެކްޝަންސް ކޮމިޝަންގެ ޓީމެއް ޑޮމިނިކަން ރިޕަބްލިކްއަށް ފުރާ ވަޑައިގެންފި

 

 2016 މެއި 15  ގައި ޑޮމިނިކަން ރިޕަބްލިކްގައި އޮންނަ އިންތިޚާބު އޮބްޒާވް ކުރުމަށް މި ކޮމިޝަންގެ ޓީމެއް ޑޮމިނިކަން ރިޕަބްލިކް އަށް ވަޑައިގެންފިއެވެ. މިޓީމުގައި މި ކޮމިޝަންގެ ފަރާތުން އިސްކޮށް ވަޑައިގެންނެވީ ކޮމިޝަންގެ މެންބަރ އަޙްމަދު އަކްރަމް އެވެ. ޓީމުގައި ދެން ހިމެނިވަޑައިގަންނަވަނީ ސީނިއަރ އައިޓީ އޮފިސަރ އައިމިނަތު އަޒީފާއެވެ.

މިޓީމު ޑޮމިނިކަން ރިޕަބްލިކް އަށް މިކުރާ ދަތުރުގައި ޑޮމިނިކަން ރިޕަބްލިކް ގެ އިންތިޚާބުގެ ނިޒާމު އޮންނަ ގޮތުގެ ފުރިހަމަ މަޢުލޫމާތު އެއްކޮށް، އިންތިޙާބު ހިނގާ ނުހިނގާ ގޮތް ވަރަށް ގާތުން ބެލުމަށް ހަމަޖެހިފައިވެއެވެ. އަދި މިކޮމިޝަނުން ތަޢާރަފް ކުރުމަށް މަސައްކަތް ކުރަމުންދާ އިލެކްޓްރޯނިކް ވޯޓިންގެ ނިޒާމާ ގުޅޭގޮތުން، ތަފާތު ޤައުމުތަކުގެ ކަމާ ގުޅޭ ވެރިންނާ މަޝްވަރާ ކުރުންވެސް ހަމަޖެހިފައި ވެއެވެ.

7 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ދަތުރު ނިންމަވާލެއްވުމަށްފަހު މި ކޮމިޝަންގެ ޓީމް އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.