Election Commission of Maldives

އިންތިޚާބުތަކުގެ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުވުމަށް ވިލާތުގެ އިއްތިހާދުން އިލްކެޝަންސް ކޮމިޝަނާއި ބައްދަލުކޮށްފި.

24 މެއި 2016, 12:00 ޚަބަރު

އިންތިޚާބުތަކުގެ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުވުމަށް ވިލާތުގެ އިއްތިހާދުން އިލްކެޝަންސް ކޮމިޝަނާއި ބައްދަލުކޮށްފި.

 

އިންތިޚާބުގެ ކަންކަމާއި ގުޅޭގޮތުން ވިލާތުގެ އިއްތިހާދުން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނާއި ބައްދަލުކޮށް މަޢުލޫމާތު އޮޅުންފިލުވައިފިއެވެ.

ވިލާތު އިއްތިހާދުގެ ޤައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުން ހިމެނޭ 14 މެމްބަރުންގެ ޓީމުން ކޮމިޝަނުގެ މެމްބަރުންނާއެކު މިއަދު މެންދުރު އިލެކްޝަންސް ކޮމިޝަނުގައި ބޭއްވެވި ބައްދަލުވުމުގައި، ކުރިއަށް އޮތް އިންތިޚާބުތަކާއި ގުޅެގޮތުން ހުރި  ކަންބޮޑުވުންތަކާއި، ކޮމިޝަނަށް ދިވާމާ ގޮންޖެހުންތަކާއި ގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުވިއެވެ.

މިބައްދަލުވުމުގައި ކޮމިޝަނުން ފާހަގަކުރެެއްވި ކަންކަމުގެ ތެރޭގައި ވޯޓުލާ މީހުންގެ ރަޖިސްޓްރީ ތައްޔާރު ކުރުމާއި ވޯޓުލާން ރީ ރަޖިސްޓްރީ ކުރުމުގައި ދިވާ ޓެކްނިކަލް މައްސަލަތައް ޙައްލުކުރުމަށާ އިންތިޚާބުތަކަށް ހިނގާ ޚަރަދުތައް ކުޑަކުރުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީގެ ތެރެއިން އެދެވޭ ޙައްލެއް ހޯދުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

އަދި ކޮމިޝަނުން ތަޢާރަފް ކުރުމަށް މަސައްކަތްކުރަމުންދާ އީ ވޯޓިން ނިޒާމާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް ކުރައްވާފައިވާ މަސައްކަތްތައް ވިލާތު އިއްތިހާދުގެ ވަފުދާއި ޙިއްސާ ކުރައްވާ، އެ ނިޒާމަށް އާއްމު ރައްޔިތުން ހޭލުންތެރި ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ އިތުރުން އިލެޝަންސް ކޮމިޝަނުގެ މުވައްޒަފުންގެ ފަންނީ ޤާބިލްކަން އިތުރުކުރުމުގައި ވިލާތު އިއްތިހާދުން ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމާމެދުވެސް  މަސްވަރާކުރެވުނެވެ.

ވިލާތު އިއްތިހާދުގެ ވަފުދުގައި ވިލާތުގެ ގިނަ ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރން ހިމެނިވަޑައިގަންނަވައެވެ.