Election Commission of Maldives

ދެކުނު އޭޝިއާގެ ޤައުމުތަކުގެ އިންތިޚާބާ ބެހޭ އިދާރާތަކުގެ ހަތް ވަނަ ބައްދަލުވުމުގެ ހުޅުވުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު ބަނޑޮސް އައިލެންޑް ރިސޯޓުގައި ބާއްވައިފި

02 އޮގަސްޓް 2016, 12:00 ޚަބަރު
ދެކުނު އޭޝިއާގެ ޤައުމުތަކުގެ އިންތިޚާބާ ބެހޭ އިދާރާތަކުގެ ހަތްވަނަ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު ބަނޑޮސް އައިލެންޑް ރިސޯޓުގައި ބާއްވައިފިއެވެ. މިބައްދަލުވުމަކީ 2010 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އެއްފަހަރު ފެމްބޯސާގެ މެންބަރު ޤައުމުތަކުގެ ތެރެއިން ޤައުމެއްގައި ބާއްވާ ބައްދަލުވުމެކެވެ.މިރަސްމިއްޔާތުގައި ދައުލަތުގެ ހުރިހާ މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން، ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއި، ދިވެހިރާއްޖޭގައި ހުންނަ މެމްބަރ ޤައުމުތަކުގެ ހައިކޮމިޝަންތަކުގެ އިސްވެރިންނާއި، އެކި އެކި މުއައްސަސާތަކުގެ އިސްވެރިން އަދި ބައިނަލް އަޤްވާމީ ޖަމާއަތްތަކުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގެ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ދިވެހިރާއްޖޭގެ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ އައިޝަތު ބިޝާމެވެ. ބައިވެރިންނާ މުޚާތަބުކޮށް އެކަމަނާ ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންނަށް "ފްރީ އެންޑް ފެއަރ" އިންތިޚާބެއްގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާ ލެއްވިއެވެ. އަދި މިފަހަރުގެ ފެމްބޯސާ ބައްދަލުވުމުގެ ޝިއާރަށް އަލިއަޅުއްވައި ވާހަކަ ދައްކަވަމުން ދިވެހިރާއްޖޭގައި އީ-ވޯޓިންގ ތަޢާރަފް ކުރުމަށް ރާއްޖޭގެ އިލެކްޝަން ކޮމިޝަނުން ކުރަމުންދާ މަސައްކަތް ފާހަގަކޮށް މި ބައްދަލުވުމުގެ ތެރެއިން އެކަމަށް މަޝްވަރާ ކުރެވި ގޮތްތަކެއް ހޯދޭނެކަމަށް އުންމީދު ކުރައްވާކަން ފާހަގަކުރެއްވިއެވެ. އަދި ހަމައެއާއެކު އީ-ވޯޓިންގ ތަޢާރަފް ކުރުންފަދަ ބަދަލަކަށް ދާއިރު އެކަމުގައި ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށާއި، އެފަދަ ގޮންޖެހުންތަކަށް އިލެކްޝަން ކޮމިޝަނުން ބިނާ ކުރަނިވި ގޮތުގައި ހައްލު ހޯދުމަށް މަސައްކަތް ކުރުން މުހިންމުކަމުގައި ފާހަގަ ކުރެއްވިއެވެ.

ފެމްބޯސާގެ މިއަހަރުގެ ޝިޔާރަކީ 'ޓެކްނޮލޮޖީ ފޯރ ކްރެޑިބަލް އިލެކްޝަންސް' ކަމަށްވާތީ، މިއަހަރުގެ މި ބައްދަލުވުމަށް ޚާއްސަ ކޮށްގެން ތައްޔާރުކޮށްފައިވާ ވެބް ޕޯޓަލް ވެސް މި ރަސްމިއްޔާތުގައި އިފްތިތާޙް ކުރެވުނެވެ.

މި ރަސްމިއްޔާތުގައި މަރުޚަބާ ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް އަޙްމަދު ޢަލީ އެވެ.

އަދި މި ރަސްމިއްޔާތުގައި ފެމްބޯސާގެ މިހާރުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ، ސްރީލަންކާގެ އިލެކްޝަންސް ކޮމިޝަންގެ ޗެއަރމަން އޮނޮރަބަލް މަހިންދަ ދޭށަޕްރިޔާ އަދި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަލްޕާޟިލް އަޙްމަދު ސުލައިމާން ބައިވެރިންނާ މުހާތަބް ކުރައްވާ ވާހަކަފުޅު ދެއްކެވިއެވެ.އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ ވާހަކަފުޅުގައި މި މަޝްވަރާތަކުން ލިބިދޭ ނަތީޖާ ރައްޔިތުންނާ ހަމައަށް ފޯރިކޮށްދޭން މަސައްކަތްކުރަން ޖެހޭ ކަމަށާއި، ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކައި އިންތިޚާބު ތަކުގައި ކުރިއަށްދާނެ ޚަރަދު ކުޑަ ފަހި މަގުތައް ކޮށައި، ޒަމާނީ ވަސީލަތްތަކާއި، ޓެކްނޮލޮޖީގެ އެހީގައި އިންތިޚާބީ އިދާރާތައް ތަރައްޤީ ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އަޅުގަނޑުމެން ދާންޖެހޭނީ ދުނިޔެއާއެކު ތަރައްޤީގެ މަގުގައި ކުރިއަށްކަމަށާއި މިކަމުގައި ދިވެހިރާއްޖެ މިއޮތީ ޤައުމުތަކުން ގޮވާލި ކޮންމެ ކަމަކަށް ފުރިހަމައަށް އިޖާބަދީ އަތުގުޅާލައިގެން ކުރިއަށް ދިއުމަށް ތައްޔާރަށް ކަމަށާއި، މިމަޝްވަރާތަކުން ލިބިދޭ ފޮޓޯއަކީ މާދަމާ ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަން ބައްޓަންކުރާ މޮޓޯ ކަމުގައި ދެކިގެން މަސައްކަތްކުރާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ ވާހަކަ ފުޅުގައި ފާހަގަ ކުރެއްވިއެވެ.

މި ހަފްލާ ނިމިގެންދިޔައީ އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަލްއުސްތާޛު އަމްޖަދު މުސްޠަފާގެ ޝުކުރު ދެންނެވުމުގެ ވާހަކަފުޅުންނެވެ.