Election Commission of Maldives

ހއ. މުރައިދޫ ކައުންސިލާއި ދ. އަތޮޅު ކައިންސިލް (މީދޫ ދާއިރާ)ގެ ބައި-އިލެކްޝަންގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2015, 01:00 ޚަބަރު

ހއ. މުރައިދޫ ކައުންސިލާއި ދ. އަތޮޅު ކައިންސިލް (މީދޫ ދާއިރާ)އިން ހުސްވެފައިވާ 2 ގޮނޑިޔަށް، މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން، 2015 މާރިޗް 21 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

   ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުންކުރެ، މި ދެދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2015 ފެބްރުއަރީ 2 ވާ ހޯމަ ދުވަހުގެ ހެނދުނު 8:00 ން ފެށިގެން، 2015 ފެބްރުއަރީ 15 ވާ އާދީއްތަ ދުވަހުގެ ހަވީރު 3:00 އާ ހަމަޔަށް އިލެކްޝަންސް ކޮމިޝަންގެ 5 ވަނަ ފަންގިފިލާއިންނެވެ. ސަރުކާރުގެ ރަސްމީ ބަންދު ދުވަސް ފިޔަވައި، އެހެން ދުވަސް ދުވަހު ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00 ން ހަވީރު 3:00 އާ ހަމަޔަށެވެ. ރަސްމީ ބަންދު ދުވަސް ދުވަހު ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރު ފަހު 2:30 ން ހަވީރު 4:30 އަށް ކަމުގައި އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

         ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތީގެ ނަމޫނާ ހއ. މުރައިދޫ ކައުންސިލުންނާއި، ދ. މީދޫ ކައުންސިލުންނާއި، ދ. ބަނޑިދޫ ކައުންސިލުންނާއި. ދ. ރިނބިދޫ ކައުންސިލުންނާއި، ދ. ހުޅުދެލި ކައުންސިލުންނާއި، އިލެކްޝަންސް ކޮމިޝަނުން ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށާއި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓް www.elections.gov.mv ން ޑައުންލޯޑް ކުރެވޭނެ ކަމަށްވެސް އެއިޢުލާނުގައި ވިދާޅުވެފައިވެއެވެ.