Election Commission of Maldives

ނ. މިލަދޫ ކައުންސިލަށް މެންބަރަކު އިންތިޚާބުކުރުން

04 ފެބުރުއަރީ 2015, 12:00 ޚަބަރު

ނ. މިލަދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށްޓަކައި، 2015 މާރިޗު 7 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސާފައިވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުޞަތު، 2015 ޖަނަވަރީ 19 ވީ ހޯމަ ދުވަހުގެ ހެނދުނު 8:00 ން ފެށިގެން 2015 ފެބްރުވަރީ 1 ވީ އާދީއްތަ ދުވަހުގެ ހަވީރު 3:00 ގެ ނިޔަލަށް ހުޅުވާލައި މިކޮމިޝަނުން ކޮށްފައިވާ ނަންބަރު:(A)CA-2015/5 (18 ޖަނަވަރީ 2015) އިޢުލާނާ ގުޅިގެން، މި ބައި-އިލެކްޝަނަށް ކުރިމަތިލާފައިވަނީ އެންމެ ފަރާތަކުންނެވެ. އެއީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ކުރިމަތިލި ނ. މިލަދޫ،  ސަމަރބްލޫ، ނަޞްރުﷲ މުޙައްމަދުއެވެ.

ވީމާ، ޤާނޫނު ނަންބަރު:10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 24 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ނ. މިލަދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް،  ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ކުރިމަތިލި  ނ. މިލަދޫ، ސަމަރބްލޫ، ނަޞްރުﷲ މުޙައްމަދު  އިންތިޚާބު ވެއްޖެކަމަށް 4 ފެބްރުއަރީ 2015ގައި އިލެކްޝަންސް ކޮމިޝަނުން ވަނީ އިޢުލާން ކޮށްފައެވެ.