Election Commission of Maldives

"3ވަނަ އޭސިޔަން އިލެކްޓޯރަލް ސްޓޭކްހޯލްޑަރސް ފޯރަމް" ގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ބައިވެރިވަމުން އެބަގެންދަވާ

24 އޮގަސްޓް 2016, 00:00 ޚަބަރު

"3ވަނަ އޭސިޔަން އިލެކްޓޯރަލް ސްޓޭކްހޯލްޑަރސް ފޯރަމް" ގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ބައިވެރިވަމުން އެބަގެންދަވާ

 

އޯގަސްޓް 22 – 26  އަށް އިންޑޮނޭޝިޔާގެ ރިސޯޓް ރަށެއްކަމަށްވާ ބާލީގައި ކުރިޔަށްދާ " 3ވަނަ އޭސިޔަން އިލެކްޓޯރަލް ސްޓޭކްހޯލްޑަރސް ފޯރަމް " ގައި ކޮމިޝަން މެންބަރ މުޙައްމަދު ޝަކީލް ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަން ތަމްސީލް ކުރަމުން އެބަ ގެންދަވައެވެ. ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ  މިފޯރަމްގައި އޭސިޔާ ޤައުމްތަކުގެ އިލެކްޝަން ޖަމާއާތްތަކުގައި ހުރި ގޮންޖެހުންތަކާއި ކަންބޮޑުވުންތައް ބައިވެރިންނާއި ހިއްސާކޮށް ޚިޔާލު ބަދަލުކޮށް  އަދި އިންޑޮނޭޝިޔާގެ ޑިމޮކްރަސީއާއި އިންތިޚާބުތަކާ ބެހޭ ގޮތުން މަޢުލޫމާތު ބަދަލުކުރެވިގެން ދާނެއެވެ.