Election Commission of Maldives

"އިލެކްޝަންސް ކޮމިޝަންގެ 8 ވަނަ އަހަރީ ދުވަސް ފާހަގަ ކޮށްފި"

25 އޮގަސްޓް 2016, 00:00 ޚަބަރު

"އިލެކްޝަންސް ކޮމިޝަންގެ 8 ވަނަ އަހަރީ ދުވަސް ފާހަގަ ކޮށްފި"

 

އިލެކްޝަންސް ކޮމިޝަންގެ އަހަރީ ދުވަސް ފުރަތަމަ ފަހަރަށް ފާހަގަ ކޮށްފިއެވެ. މިއަދު މިފާހަގަ ކުރެވުނީ   މިކޮމިޝަންގެ 8 ވަނަ އަހަރީ ދުވަހެވެ. 25 އޯގަސްޓް އަކީ އިލެކްޝަންސް ކޮމިޝަންގެ އަހަރީ ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ހއ.ހޯރަފުށީގައި ބޭއްވުނު ޑިމޮކްރަސީ ހަފްތާގެ ނިންމުމުގެ ޖަލްސާގައެވެ.

ކޮމިޝަންގެ 8 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކޮމިޝަންގެ މެންބަރުނާއި ހުރިހާ މުވައްޒަފުން ބައިވެރިވެ ޙާއްސަ ކޭކްއެއް ފެޅުމުގެ އިތުރުން މުވައްޒަފުންގެ މެދުގައި ތަފާތު އެކި ހަރަކާތްތައް ހިންގުނެވެ. މީގެ އިތުރުން އަހަރީ ދުވަހާއި ގުޅިގެން އިތުރު ޚަރަކާތްތައް ހިންގުމަށް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.