Election Commission of Maldives

ކައުންސިލްގެ ބައި-އިލެކްޝަނަށް އެމީހަކު ރައްވެހިވެފައިވާ ރަށްނޫން އެހެން ރަށެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި

05 ފެބުރުއަރީ 2015, 12:00 ޚަބަރު

2015 މާރިޗް 7 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ށ. މިލަންދޫ ކައުންސިލްގެ ބައި-އިލެކްޝަނަށް އެމީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ހުރެގެން ވޯޓުލުމަށް ބޭނުންވާ ފަރާތްތައް ރަޖިސްޓަރީވުމުގެ ފުރުޞަތު 2015 ފެބުރުވަރީ 08 އިން 2015 ފެބުރުވަރީ 17 ގެ ނިޔަލަށް  ހުޅުވާލައިފިކަމުގައި އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފިއެވެ.

މިކަމަށް އެދި ހުށަހަޅާނީ "އެމީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" އިން ކަމަށާއި ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ 2015 ފެބުރުވަރީ 08 ވާ އާދިއްތަ ދުވަހުން ފެށިގެން 2015 ފެބުރުވަރީ 17 ވާ އަންގާރަ ދުވަހުގެ ނިޔަލަށް،  ބަންދުނޫން ކޮންމެ ދުވަހެއްގެ ހެދުނު 8:30 އިން މެންދުރުފަހު 3:00 އަށް، ށ. މިލަންދޫ ކައުންސިލްގެ އިދާރާއިންނާއި، އިލެކްޝަންސް ކޮމިޝަންގެ އިދާރާ (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ 5ވަނަ ފަންގިފިލާ) އިން ކަމުގައިވެސް އެ އިޢުލާނުގައިވެއެވެ.