Election Commission of Maldives

އީ.ސީ.އައި – ޔޫ.އެން.ޑީ.ޕީ ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމްގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ބައިވެރިވެއްޖެ.

22 ސެޕްޓެމްބަރު 2016, 00:00 ޚަބަރު

އީ.ސީ.އައި – ޔޫ.އެން.ޑީ.ޕީ ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމްގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ބައިވެރިވެއްޖެ.

ޔޫ.އެން.ޑީ.ޕީގެ އެހީތެރިކަމާއެކު އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުން އިންތިޒާމުކޮށްގެން ސެޕްޓެމްބަރ 20 އިން 29 އަށް އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކުރިއަށްދާ 'އީ.ސީ.އައި– ޔޫ.އެން.ޑީ.ޕީ ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމް' ގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ ސީނިއަރ އެކައުންޓްސް އޮފިސަރ އައިޝަތު ޝައްފާފު އަދި ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ޝަހުލާ އިސްމާއިލް އެވެ. 10 ދުވަހަށް ކުރިއަށްގެންދާ މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ އިލެކްޝަން މެނޭޖްމެންޓްގެ ޓެކްނޮލޮޖީ އަށް ބަރޯސާވާ ދާއިރާތަކުގައި މަސައްކަތް ކުރަމުންދާ، ނުވަތަ ކުރަންޖެހޭ މުވައްޒަފުންނަށެވެ. މި ޕްރޮގްރާމްގައި ދިވެހިރާއްޖޭގެ އިންތިޚާބުތަކުގައި އިންފޮމޭޝަން ޓެކްނޮލޮޖީ ބޭނުންކުރެވޭ ގޮތްތަކުގެ މައުލޫމާތު ހިއްސާކުރެވިގެން ދާނެއެވެ.

މި ޕްރޮގްރާމް އިންތިޒާމްކުރި ފަރާތްކަމުގައިވާ އިންޑިއާ އިންޓަރނޭޝަނަލް އިންސްޓިއުޓް އޮފް ޑިމޮކްރަސީ އެންޑް އިލެކްޝަން މެނޭޖްމެންޓް ((IIIDEM ގެ މަގްސަދަކީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އިންތިޚާބުތަށް އެންމެ ފުރިހަމަ ގޮތުގައި ހިންގުމާއި، އިންތިޚާބުތަކުގެ ޓްރާންސްޕޭރެންސީ އިތުރުކުރުމަށް މަގުފަހިކޮށްދިނުމެވެ.

މި ޕްރޮގްރާމުގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުގެ އިތުރުން ދެކުނު އޭޝިއާގެ 4 ގައުމެއްގެ އިލެކްޝަން ކޮމިޝަންތަކާއި، ރަޝިއާ، ޓައިވާން، ދެކުނު ކޮރެއާ އަދި އިންޑޮނޭޝިއާގެ އިލެކްޝަން ކޮމިޝަންތަކުން ބައިވެރިވެއެވެ.