Election Commission of Maldives

2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޙާބުގައި ރާއްޖޭއިން ބޭރުގައި ވޯޓު ފޮށި ނުބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

26 ސެޕްޓެމްބަރު 2016, 00:00 ޚަބަރު

2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޙާބުގައި ރާއްޖޭއިން ބޭރުގައި ވޯޓު ފޮށި ނުބަހައްޓަން  އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

2017 ވަނަ އަހަރު ޖަނަވަރީ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ރާއްޖޭއިން ބޭރުގައި ވޯޓު ފޮށި ނުބަހަށްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. މިގޮތަށް ނިންމަވާފައިވަނީ ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކުރުމަށްފަހު ހަމައެކަނި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށެވެ. އެހެންކަމުން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުފޮށިތަށް ރާއްޖެ އަދި ރާއްޖެއިން ބޭރުގައި ބަހައްޓާނެއެވެ.

2017 ގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް މިގޮތަށް ނިންމާފައިވާއިރު ރާއްޖޭގައި ބަހައްޓާ އެއްވެސް ވޯޓު ފޮށްޓަކަށް ބަދަލެއް ގެނެސްފައިނުވާނެއެވެ.