Election Commission of Maldives

ބޮސްނިއާ އަދި ހަޒްގޮވިނާގެ އެސެމްބްލީ އިންތިޚާބު އޮބްޒާރވް ކުރުމުގައި އިލެކްޝަންސް ކޮމިޝަނުން ބައިވެރިވެއްޖެ

02 އޮކްޓޯބަރ 2016, 00:00 ޚަބަރު

ނަންބަރު:14/NR)BA-2016)

ބޮސްނިއާ އަދި ހަޒްގޮވިނާގެ އެސެމްބްލީ އިންތިޚާބު އޮބްޒާރވް ކުރުމުގައި އިލެކްޝަންސް ކޮމިޝަނުން ބައިވެރިވެއްޖެ

އެސޯސިއޭޝަން އޮފް ވޯރލްޑް އިލެކްޝަން ބޮޑީސް (އޭ-ވެބް) އިން އިންތިޒާމުކޮށްގެން ސެޕްޓެމްބަރ 29 އިން އޮކްޓޯބަރ 05   އަށް ބޮސްނިއާ އަދި ހަޒްގޮވިނާ ގައި ކުރިއަށްދާ 'އިލްކެޝަން ވިޒިޓަރ ޕްރޮގްރާމް' ގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ ނައިބް ރައީސް އަމްޖަދު މުސްތަފާ އަދި ސެކެރެޓަރީ ޖެނެރަލް އަޙްމަދު ޢަލީ އެވެ. 7 ދުވަހަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ބޮސްނިއާގެ އިންތިޚާބު ކުރިއަށްދާ ގޮތާއި، އެހެން ގައުމުތަކުގައި މިފަދަ އިންތިޚާބުތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު ލިބުމުގެ އިތުރުން ދިވެހިރާއްޖޭގައި އިންތިޚާބު އޮންނަ ގޮތް މި ގައުމުތަކަށް އޮޅުން ފިލުވަދީ މައުލޫމާތު ބަދަލުކުރެވޭނެއެވެ.

މި ޕްރޮގްރާމުގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުގެ 2 ބައިވެރިންގެ އިތުރުން 17 ގައުމެއްގެ 32 ބައިވެރިން އަދި އޭ-ވެބް ގެ 13 ބައިވެރިން އިންތިޚާބު އޮބްޒާރވްކުރުމުގައި ބައިވެރިވެއެވެ.

މި ޕްރޮގްރާމް ގެ މަގްސަދަކީ ތަފާތު އިލެކްޝަން ސިސްޓަމްތަށް ދެނެގަތުމާއި، އެކި ގައުމުތަކުގައި އިންތިޚާބް ބާއްވާގޮތްތަކުގެ މައުލޫމާތާއި ތަޖުރިބާ ބައިވެރިންގެ މެދުގައި ހިއްސާކޮށް އިންތިޚާބުތަކުގެ ޓްރާންސްޕޭރެންސީ އިތުރުކު

01 މުޙައްރަމު 1438

02 އޮކްޓޯބަރު 2016