Election Commission of Maldives

ޖޯޖިއާގެ މަޖްލިސް އިންތިޚާބު އޮބްޒާރވް ކުރުމުގައި އިލެކްޝަންސް ކޮމިޝަނުން ބައިވެރިވެއްޖެ

08 އޮކްޓޯބަރ 2016, 00:00 ޚަބަރު

ޖޯޖިއާގެ މަޖްލިސް އިންތިޚާބު އޮބްޒާރވް ކުރުމުގައި އިލެކްޝަންސް ކޮމިޝަނުން ބައިވެރިވެއްޖެ

ސެންޓްރަލް އިލެކްޝަންސް ކޮމިޝަން (ސީ.އީ.ސީ) އޮފް ޖޯޖިއާ އިން އިންތިޒާމުކޮށްގެން އޮކްޓޯބަރު 06 އިން އޮކްޓޯބަރު 09 އަށް ޖޯޖިއާގައި ކުރިއަށްދާ 'ވިޒިޓް އޮފް ދަ އިލެކްޝަންސް މެނޭޖްމެންޓް ބޮޑީ (އީ.އެމް.ބީ) ރިޕްރެޒެންޓޭޓިވްސް ޓު ޖޯޖިއާ' ގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ މެމްބަރ ޢަހުމަދު އަކްރަމް އެވެ. 4 ދުވަހަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ޖޯޖިއާގެ އިންތިޚާބު ކުރިއަށްދާ ގޮތާއި، އެހެން ގައުމުތަކުގައި މިފަދަ އިންތިޚާބުތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު ލިބުމުގެ އިތުރުން ދިވެހިރާއްޖޭގައި އިންތިޚާބު އޮންނަ ގޮތް މި ގައުމުތަކަށް އޮޅުން ފިލުވަދީ މައުލޫމާތު ބަދަލުކުރެވޭނެއެވެ.

މި އިންތިޚާބު އޮބްޒާރވްކުރުމުގައި 55 ބައިނަލްއަޤްވާމީ ޖަމާއަތަކުން 1440 އޮބްޒާރވަރުން ބައިވެރިވެއެވެ. މި ދަތުރު ނިންމާލެއްވުމަށްފަހު މެމްބަރ އަޙުމަދު އަކުރަމް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 10 އޮކްޓޯބަރުގައެވެ.

                               08 އޮކްޓޯބަރ 2016