Election Commission of Maldives

ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އެންމެފަހުން ގެނެވުނު ބަދަލާއެކު ޕާޓީތަކުގެ މެންބަރުންގެ އަދަދު އިލެކްޝަންސް ކޮމިޝަނުން ޢިއުލާންކޮށްފި

24 އޮކްޓޯބަރ 2016, 00:00 ޚަބަރު

ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އެންމެފަހުން ގެނެވުނު ބަދަލާއެކު ޕާޓީތަކުގެ މެންބަރުންގެ އަދަދު އިލެކްޝަންސް ކޮމިޝަނުން ޢިއުލާންކޮށްފި

ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) އަށް ގެނެވުނު 2 ވަނަ އިސްލާޙާ އެއްގޮތްވާ ގޮތުގެމަތިން ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ގެންނަންޖެހޭ ބަދަލުގެނެސް އެ ދަފްތަރު އިލެކްޝަންސް ކޮމިޝަނުން ޢާއްމުކޮށް ޢިއުލާންކޮށްފިއެވެ. މިގޮތުން ޢާއްމުކުރި ދަފްތަރުގައި ހިމެނޭ މެންބަރުންގެ ތަފްޞީލް ތިރީގައި އެވަނީއެވެ.

23 އޮކްޓޯބަރ 2016 ގެ ނިޔަލަށް ސިޔާސީ  ޕާޓީގެ ދަފްތަރުގައި ތިބި މެންބަރުންގެ ޢަދަދު 

  11 އޮކްޓޯބަރ 2016 ގެ ފަހުން ތިބި މެންބަރުންގެ ޢަދަދު

ސިޔާސީ ޕާޓީ

#

27805

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ

1

3966

ދިވެހިރައްޔިތުންގެ ޕާޓީ

2

7595

ޢަދާލަތު ޕާޓީ

3

10989

ޖުމްހޫރީ ޕާޓީ

4

37633

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް

5

10584

މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް

6

ސިޔާސީ ޕާޓީގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިސްލާހާ އެއްގޮތަށް ޢަމަލުކޮށް އަލުން ޕާޓީތަކުގެ ދަފްތަރު ޢާއްމުކޮށްފައިވާއިރު އެދަފްތަރުން 33085 މެންބަރުން އުނިވެގެން ގޮސްފައިވެއެވެ. މި ފަރާތްތަކަކީ ބަޔާންކުރެވުނު އިސްލާޙާ އެއްގޮތަށް ދެވުނު މުއްދަތުގައި އިނގިލީގެ ނިޝާނާއެކު ކޮމިޝަނަށް ހުށަހަޅަންޖެހޭ "ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމަށް އެދޭ ފޯމު" އެ މުއްދަތުގެ ތެރޭގައި ހުށަނޭޅުމުގެ ސަބަބުން ޤާނޫނާ އެއްގޮތަށް ދަފްތަރުން އުނިވެފައިވާ މެންބަރުންނެވެ.

މި ބަދަލުތަކާއެކު 12 އޮކްޓޯބަރު 2016 ގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި ހިމެނޭ ޖުމްލަ މެންބަރުންގެ އަދަދަކީ 98572 އެވެ.

24 އޮކްޓޯބަރ 2016