Election Commission of Maldives

ޤައުމީ ލަފާދޭ ކޮމެޓީގެ މަޝްވަރާގެމަތިން ލޯކަލް ކައުންސިލްތަކުގެ އިންތިޙާބު 2017ގައި ރާއްޖޭއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި

24 އޮކްޓޯބަރ 2016, 00:00 ޚަބަރު

 

ޤައުމީ ލަފާދޭ ކޮމެޓީގެ މަޝްވަރާގެމަތިން ލޯކަލް ކައުންސިލްތަކުގެ އިންތިޙާބު 2017ގައި ރާއްޖޭއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަން  އިލެކްޝަންސް ކޮމިޝަނުން ނިންމައިފި.

2017 ވަނަ އަހަރު ޖަނަވަރީ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ރާއްޖޭއިން ބޭރުގައި ވޯޓު ފޮށި ނުބެހެއްޓުމަށް މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވީނަމަވެސް، ޤައުމީ ލަފާދޭ ކޮމެޓީގެ މަޝްވަރާގެ މަތިން ކުރިން ނިންމާފައިވާ ނިންމުން ބަދަލުކޮށް ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބަހަށްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. މިގޮތަށް ނިންމަވާފައިވަނީ 23 އޮކްޓޯބަރ 2016 ގައި ގައުމީ ލަފާދޭ ކޮމިޓީ އާއި އިލެކްޝަންސް ކޮމިޝަނާއި ދެމެދު ކުރެވުނު މަޝްވަރާތަކަށްފަހުގައެވެ. މިގޮތުން ރާއްޖޭން ބޭރުގައި ވޯޓުފޮށި ބަހައްޓާނީ ރީރަޖިސްޓްރޭޝަން މަރުޙަލާ ނިމޭއިރު އެޤައުމެއްގައި ވޯޓުލުމަށް ރަޖިސްޓަރީވާ މީހުންގެ އަދަދު 1000 އަށްވުރެ އިތުރުވާނަމައެވެ.

24 އޮކްޓޯބަރ 2016