Election Commission of Maldives

ނޫސްބަޔާން 1

26 ފެބުރުއަރީ 2015, 12:00 ނޫސް ބަޔާން

ނަންބަރު:  NB)BA-2015/1) 

 

ނޫސްބަޔާން
 

ސިޔާސީ ޕާޓީތަކުން ހިންގަވާ ސިޔާސީ ހަރަކާތްތައް ޤާނޫނީ ތަރަހައިގެ ތެރެއިން ގެންދެވުމަށާއި، މުޖުތަމަޢުގެ އަމަންއަމާންކަމާއި ޞުލްޙަމަޞްލަޙަތު ރައްކާތެރި ކުރެވޭގޮތަށް އެފަދަ ޙަރަކާތްތައް ހިންގެވުމަށް މިކޮމިޝަނުން ސިޔާސީ ޕާޓީތަކަށް އިޙްތިރާމާއެކު ދަންނަވަމެވެ.

 އަދި ކޯޓު މަރުޙަލާގައިވާ މައްސަލައަކާއިމެދު ވަކިގޮތަކަށް ޢަމަލުކުރުމަށް ގޮވައިލުމީ ރައްޔިތުންނަށް ކަމުގެ ހަޤީގަތް އޮޅިގެންދާނެކަމެކެވެ. އަދި އެމައްސަލައަކަށް ނުފޫޒު ފޯރާނޭ ކަމެކެވެ. ވީމާ ސިޔާސީ ޕާޓީ އަކުން ޤާނޫނު އަސާސީއާއި ޤާނޫނުގެ އިމުން ބޭރުވެ އެފަދަ ގޮވައިލުމެއް ގޮވާ ނުލުމަށްވެސް އިލްތިމާސް ކުރަމެވެ. މިކޮމިޝަނުން މިހާރު މިގެންދަނީ ސިޔާސީ ޕާޓީތަކާ ބައްދަލުކޮށް މިކަންކަން ޙިއްސާވެސް ކުރަމުންނެވެ.

މިކޮމިޝަނުން ދެކެނީ ސިޔާސީ ޕާޓީތަކުން އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމާއި ރައްޔިތުންގެ މަޞްލަޙަތަށް އިސްކަންދޭނެކަމަށެވެ. ޤާނޫނަށް ފުރިހަމައަށް ބޯލަނބާ ޒިންމާދާރު ފަރާތްތަކަށް ވާނެކަމަށެވެ.