Election Commission of Maldives

މޯބައިލް ސްޓޭޝަންތަކުގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރުން

15 ނޮވެމްބަރު 2016, 12:00 އިއުލާން

ނަންބަރު(A)EA-2016/206:

އިޢުލާން

މޯބައިލް ސްޓޭޝަންތަކުގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރުން

14 ޖެނުއަރީ 2017 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއް/ ތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތައް ހުޅުމާލެ އަދި ވިލިނގިލީގައި  ރަޖިސްޓަރީވުމުގެ ފުރުޞަތު  2016 ނޮވެމްބަރ 16 ވާ ބުދަ ދުވަހުން ފެށިގެން 2016 ނޮވެމްބަރ 21 ވާ ހޯމަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފީމެވެ.

މިކަމަށް އެދި ހުށަހަޅާނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގަވާއިދު 2016 ގެ ޖަދުވަލު 4 ގައިވާ "ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" އިންނެވެ. މި ފޯމު ވިލިނގިލީ އަދި ހުޅުމާލޭގައި ގާއިމްކުރެވިފައިވާ މޯބައިލް ސްޓޭޝަންތަކުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv)  އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. އަދި ފޯމު ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ހުޅުމާލޭގައިނަމަ ހުޅުމާލެ ފެރީ ޓާރމިނަލުން އަދި ވިލިނގިލީގައި ނަމަ ވިލިނގިލީގެ ފެރީ ޓާރމިނަލުންނެވެ.

ފޯމު ހުށަހަޅާއިރު، ފޯމު ހުށަހަޅަން އަންނަ މީހާ، އެމީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަންވާނެވެ. އަދި ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް އެފޯމާއެކު ހުށަހަޅަންވާނެއެވެ. ފޯމު ބަލައިގަނެވޭނީ އެފޯމު ހިފައިގެން އަންނަ މީހާ އެފޯމަށް ޒިންމާވާ ގޮތަށެވެ. އީމެއިލް ނުވަތަ ފެކުހުން ސީދާ އިލެކްޝަންސް ކޮމިޝަނަށް ފޮނުވާ ފޯމު ބަލައެއްނުގަނެވޭނެއެވެ.

ކުރީގެ އިންތިޚާބެއްގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވީ ނަމަވެސް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއް ނުވަތަ ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރަން ޖެހޭނެއެވެ.

 މޯބައިލް ސްޓޭޝަންތަކުގައި ފޯމު ބަލައިގަތުން އޮންނާނީ 16 ނޮވެމްބަރ 2016 ވާ ބުދަ ދުވަހުން ފެށިގެން 21 ނޮވެމްބަރ 2016 ވާ ހޯމަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެދުނު 10:00 އިން ހަވީރު :004 އަށެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

15 ޞަފަރު   1438

15 ނޮވެމްބަރ 2016