Election Commission of Maldives

މޯބައިލް ސްޓޭޝަންތަކުގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި

15 ނޮވެމްބަރު 2016, 12:00 ޚަބަރު

ނަންބަރު:23/NR)BA-2016) 

މޯބައިލް ސްޓޭޝަންތަކުގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި

  14 ޖެނުއަރީ 2017 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއް ނުވަތަ ތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތަކަށް މޯބައިލް ސްޓޭޝަންތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

 ހުޅުމާލެ އަދި ވިލިނގިލީގައި ބެހެއްޓޭ މި މޯބައިލް ސްޓޭޝަންތަކުގައި ރަޖިސްޓަރީވުމަށް ހުޅުވާލައިފައިވަނީ 2016 ނޮވެމްބަރ 16 ވާ ބުދަ ދުވަހުން ފެށިގެން 2016 ނޮވެމްބަރ 21 ވާ ހޯމަ ދުވަހުގެ ނިޔަލަށެވެ. ރީ- ރަޖިސްޓަރީވުމަށްޓަކައި ހުށައަޅަންޖެހޭ "ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" މި މޯބައިލް ސްޓޭޝަންތަކުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. ފޯމު ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ ހުޅުމާލޭގައިނަމަ، ހުޅުމާލެ ފެރީ ޓާރމިނަލުން އަދި ވިލިނގިލީގައި ނަމަ ވިލިނގިލީގެ ފެރީ ޓާރމިނަލުންނެވެ.

ހުޅުމާލެ އަދި ވިލިނގިލީގައި ބެހެއްޓޭ މޯބައިލް ސްޓޭޝަންތަކަށާއި ބާޖަމާލުއްދީނުގައިވާ އިލެކްޝަންސް ސެންޓަރަށްވެސް ފޯމު ހުށަހަޅަން އަންނައިރު ފޯމު ހުށަހަޅަން އަންނަ މީހާ، އެމީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ އަސްލު ގެނެސް ހުށަހަޅަންވާނެއެވެ. އަދި ރަޖިސްޓަރީވުމަށް އެދި ފޯމު ހުށަހަޅާ މީހާވެސް ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް ފޯމާއެކު ހުށަހަޅަންވާނެއެވެ. ފޯމުތަށް  ބަލައިގަނެވޭނީ އެފޯމެއް ހިފައިގެން އަންނަ މީހާ އެފޯމަކަށް ޒިންމާވާ ގޮތަށެވެ. ހަމަމިއާއެކު އީމެއިލް ނުވަތަ ފެކުހުގެ ޒަރީއާއިން އިލެކްޝަންސް ކޮމިޝަނަށް ފޮނުވާ ފޯމުތަށް ބަލައިނުގަނެވޭނެއެވެ.

15 ނޮވެމްބަރ 2016