?> Election Commission of Maldives

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގެ މޮނިޓަރަކަށް ވުމަށް އެދި ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

24 ނޮވެމްބަރު 2016, 12:00 އިއުލާން

ނަންބަރު:(A)DA-2016/212

އިޢުލާން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގެ މޮނިޓަރަކަށް ވުމަށް އެދި ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

 

2017 ޖެނުއަރީ 14 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައް މޮނިޓަރ ކުރުމަށް ފުރުޞަތު ހުޅުވާލައި 2016 ނޮވެންބަރު 10 ވީ ބުރަސްފަތި ދުވަހު ކުރެވިފައިވާ މިކޮމިޝަނުގެ ނަންބަރ: (A) DA-2016/199 އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.

މި އިޢުލާނުގައިވާ ގޮތުގެ މަތިން މޮނިޓަރުކުރުމަށް ފޯމް ހުށަހެޅުމުގެ މުއްދަތު 2016 ޑިސެމްބަރު 6 ވާ އަންގާރަ ދުވަހުގެ ހަވީރު 16:00 އާ ހަމައަށް އިތުރުކޮށްފީމެވެ.

ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރުކުރުމަށް ޝައުޤުވެރިވާ ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކާއި ޚަބަރު ފަތުރާ އިދާރާތަކުން ކުރިމަތިލުމަށް ފޯމް ހުށަހަޅާނީ އޮންލައިންކޮށެވެ. އެޕްލިކޭޝަން ފޯމު އޮންލައިންކޮށް ހުށަހަޅުއްވާނީ http://forms.elections.gov.mv މިލިންކު މެދުވެރިކޮށެވެ. އެޕްލިކޭޝަން ފޯމު އޮންލައިންކޮށް ހުށަހަޅާނޭ ގޮތުގެ އުޞޫލު މި ލިންކުން ފެންނަން ހުންނާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

24 ޞަފަރު   1438

24 ނޮވެންބަރު 2016