Election Commission of Maldives

50 ފޯލްޑަބަލް ޓޭބަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

28 ނޮވެމްބަރު 2016, 12:00 އިއުލާން

                                                 ނަންބަރ:(A)AB-2016/217

50 ފޯލްޑަބަލް ޓޭބަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

އިޢުލާނު

މި އިދާރާއަށް 50 ފޯލްޑަބަލް ޓޭބަލް ގަތުމަށް ބަޔަކާ ހަވާލުކޮށް، އެއްބަސްވުމުގައިވާ މުއްދަތަށް ތަކެތި ފޯރުކޮށްދީފައިނުވާތީ އެއްބަސްވުން ބާޠިލުކޮށް، އެކަމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

ގަޑި

ދުވަސް

ތާރީޚް

ތަފްސީލް

14:00

އަދީއްތަ

04 ޑިސެމްބަރ 2016

މަޢުލޫމާތު ސާފުކުރުން

14:00

ބުރާސްފަތި

08 ޑިސެމްބަރ 2016

އަންދާސީހިސާބު ހުށަހެޅުން

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތާވަލުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3004428 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] އަށެވެ.

        28 ނޮވެމްބަރ 2016