Election Commission of Maldives

ވަޒީފާގެ ފުރުސަތު- ރިސެޕްޝަނިސްޓް (ޖީ.އެސް 3)

04 ޑިސެމްބަރު 2016, 12:00 އިއުލާން

                                                ނަންބަރު:220(A)AC-2016/  

އިޢުލާނު

ވަޒީފާގެ ފުރުސަތު

މަޤާމް:

ރިސެޕްޝަނިސްޓް (ޖީ.އެސް 3)

ބޭނުންވާ ޢަދަދު:

01  (އެކެއް)

ސެކްޝަން:

ހިއުމަން ރިސޯސް އެންޑް އެޑްމިނިސްޓްރޭޝަން ސެކްޝަން

ބޭސިކް މުސާރަ:

މަހަކު 4465/- (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

ސާރވިސް އެލަވަންސް:

މަހަކު 1500/- (އެއްހާސް ފަސްސަތޭކަ ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު 3000/- (ތިންހާސް ރުފިޔާ)

ޚާއްޞަ އެލަވަންސް:

މުސާރައިގެ %45 

ވަޒީފާގެ ބާވަތް: 

ދާއިމީ

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރަންޖެހިއްޖެ ނަމަ ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރާގޮތަށް

ތައުލީމާއި ތަޖުރިބާ:

  1. ޖީ.ސީ.އީ އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 1 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ
  2. ޖނނ ީ.ސީ.އީ އޯ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު،  ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
  3. ވަޒީފާއެއްގައި އުޅެ 1 (އެކެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

އެހެނިހެން ޝަރުތު:

  1. މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.
  2. ޢުމުރުން 35 އަހަރުން ދަށުގެ މީހެއްކަމުގައިވުން.
  3. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.
  4. ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.

މަސްއޫލިއްޔަތު:

  • އިލެކްޝަންސް ކޮމިޝަނުގެ އިދާރާގެ ރިސެޕްޝަނަށް އަންނަ ފޯނު ކޯލްތަކަށް ޖަވާބު ދިނުން.
  • އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށް އަންނަ ތަކެތި ބަލައިގަނެ އެންޓްރީކޮށް ފޮނުވަންޖެހޭ ސެކްޝަންތަކަށް ފޮނުވުން.
  • ކޮމިޝަނުގެ އިދާރާއިން ބޭރަށް ފޮނުވަންޖެހޭ ސިޓީ/ލިޔުން އަދި އެހެނިހެން ތަކެތި ފޮނުވުން.
  • ރިސެޕްޝަނަށް ޚިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި އަދަބުވެރިކަމާއެކު މުއާމަލާތް ކުރުމާއި މެހެމާންދާރީ އަދާކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ.
  • ދާއިރާގެ މަސައްކަތާގުޅޭ ގޮތުން ހަދާފައިވާ ތަމްރީނުތަކުގ ސެޓުފިކެޓުތަކުގެ ކޮޕީ.
  • އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން. (މަސައްކަތު ތަޖުރިބާކަމުގައި ބަލާނީ، ހުށަހަޅާފައިވާ ތަޢުލީމީ ސެޓުފިކެޓު ހާޞިލްކުރުމަށްފަހު ލިބޭ ތަޖުރިބާއަށެވެ.)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ނޯޓު

މަތީގައި ދެންނެވިފައިވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށްވުރެ މަތީ ސެޓުފިކެޓެއް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ.

 

ރިސެޕްޝަންގައި މަސައްކަތްކުރާ މީހަކަށްވާތީ، މީހުންނާ މުޢާމަލާތުކުރުމުގައި ހިތްހެޔޮކަމާއި އޯގާތެރިކަމާއެކު މަސައްކަތްކުރެވޭނެކަން އިންޓަރވިޔުގައި ދައްކައިދޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ސުންގަޑި:         

މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 13 ޑިސެންބަރު 2016 އަންގާރަ ދުވަހުގެ 16:00ގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިޔު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިޔުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަވަން ވާނެއެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

 

ރިސެޕްޝަނިސްޓް (ޖީއެސް 3) އަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑު

ތަފްޞީލް

މާކްސް

ތަޢްލީމް

40 މާކްސް

މަސައްކަތު ތަޖުރިބާ

10 މާކްސް

އިންޓަރވިޔު

35 މާކްސް

ހާއްޞަ ހުނަރު (ޢަމަލީ ޓެސްޓު)

15 މާކްސް

ޖުމްލަ

100 މާކްސް

 

ޝޯޓްލިސްޓު ކުރެވޭގޮތް

  • ޝޯޓްލިސްޓު ކުރާނީ ތަޢުލީމު، މަސައްކަތު ތަޖުރިބާ އަދި ތަމްރީނާއި ހުނަރުގެ މާރކްސް އަށް ބެލުމަށްފަހު ލިބޭ މާރކްސްގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.
  • ތަޢުލީމީ ސެޓުފިކެޓަށް މާކްސް ދޭނީ މަސައްކަތުގެ ދާއިރާއާގުޅޭ ސެޓުފިކެޓުތަކަށެވެ.

މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށް ވުރެ މަތީ ސެޓުފިކެޓު ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ  ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓުފިކެޓުތަކަށް، މާކްސް ދެވޭނީ ތަޢުލީމަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ.

05 ރަބީއުލްއައްވަލު  1438

04 ޑިސެންބަރު     2016