Election Commission of Maldives

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގެ އޮބްޒާވަރަކަށް ވުމަށް އެދި ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

05 ޑިސެމްބަރު 2016, 12:00 އިއުލާން

ނަންބަރު:(A)DA-2016/224

އިޢުލާން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގެ އޮބްޒާވަރަކަށް ވުމަށް އެދި ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

2017 ޖެނުއަރީ 14 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައް އޮބްޒާވްކުރުމަށް ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށް 2016 ނޮވެމްބަރ 24 ވީ ބުރާސްފަތި ދުވަހު ކުރެވިފައިވާ މިކޮމިޝަނުގެ ނަންބަރ
(A) DA-2016/213 އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.

މި އިޢުލާނުގައިވާ ގޮތުގެ މަތިން މިއިންތިޚާބު އޮބްޒާވްކުރުމަށް ހުށަހެޅުމުގެ މުއްދަތު، 2016 ޑިސެމްބަރު 14 ވާ ބުދަ ދުވަހުގެ ހަވީރު 04:00 އާ ހަމައަށް އިތުރުކޮށްފީމެވެ.

ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމަށް ޝައުޤުވެރިވާ ސިޔާސީ ޕާޓީތަކާއި، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޖަމްޢިއްޔާ ޖަމާޢަތްތަކާއި އަމިއްލަ ފަރާތްތަކުން ކުރިމަތިލުމަށް ފޯމް ހުށަހަޅާނީ އޮންލައިންކޮށެވެ. އެޕްލިކޭޝަން ފޯމު އޮންލައިންކޮށް ހުށަހަޅުއްވާނީ http://forms.elections.gov.mv މިލިންކު މެދުވެރިކޮށެވެ. އެޕްލިކޭޝަން ފޯމު އޮންލައިންކޮށް ހުށަހަޅާނޭ ގޮތުގެ އުޞޫލު މި ލިންކުން ފެންނަން ހުންނާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 ރަބީޢުލްއައްޥަލް 1438

05 ޑިސެމްބަރ 2016