Election Commission of Maldives

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއް/ ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރުން ބަންދު ކުރުން

05 ޑިސެމްބަރު 2016, 12:00 އިއުލާން

ނަންބަރު:(A) EA-2016/222

 

އިޢުލާން

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއް/ ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރުން ބަންދު ކުރުން

14 ޖެނުއަރީ 2017 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއް/ ތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތައް ރަޖިސްޓަރީކުރުމަށް ދެވިފައިވާ މުއްދަތު 14 ޑިސެމްބަރ 2016 ވާ ބުދަ ދުވަހުގެ ހަވީރު 4:00 ގެ ނިޔަލަށް ބަންދު ކުރުމަށްވަނީ ހަމަޖެހިފައެވެ. މި މުއްދަތުގެ ނިޔަލަށް ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ތިރީގައި މިދަންނަވާ ތަންތަނުން ހެނދުނު 8:30 އިން ހަވީރު 4:00 އަށެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 9.30 އިން މެންދުރުފަހު 2:00 އަށެވެ. ހުކުރު ދުވަހު މެންދުރުފަހު 3:00 އިން ހަވީރު 6:00 އަށެވެ.

  • އިންތިޚާބީ މަރުކަޒު (ބައު ޖަމާލުއްދީން)
  • ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުން

ޓްރިވެންޑްރަމްގެ ކޮންސިއުލޭޓް އޮފީހުންނާއި ކޮލޮމްބޯގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން އާދީއްތަ ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ފޯމުތަށް ބަލައިގަންނާނީ ހެނދުނު 9:30 އިން ހަވީރު 4:00 އަށެވެ. އަދި އާދިއްތަ ދުވަހު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރު 12:00 އިން ހަވީރު 5:00 އަށެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

6 ރަބީޢުލްއައްވަލް  1438

05 ޑިސެމްބަރ 2016