Election Commission of Maldives

ވަޒީފާގެ ފުރުޞަތު - ސީނިއަރ އޮފިސަރ (އެމް.އެސް 1) - އިލެކްޝަންސް ކޯޑިނޭޝަން ސެކްޝަން

18 ޑިސެމްބަރު 2016, 12:00 އިއުލާން

       ނަންބަރު:  (A)AC-2016/230   

އިޢުލާނު

ވަޒީފާގެ ފުރުޞަތު

މަޤާމް:

ސީނިއަރ އޮފިސަރ (އެމް.އެސް 1)

ބޭނުންވާ ޢަދަދު:

01  (އެކެއް)

ސެކްޝަން:

އިލެކްޝަންސް ކޯޑިނޭޝަން ސެކްޝަން

ބޭސިކް މުސާރަ:

މަހަކު 5610/- (ފަސް ހާސް ހަސަތޭކަ ދިހަ ރުފިޔާ)

ސާރވިސް އެލަވަންސް:

މަހަކު 2000/-  (ދެހާސް ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު 3000/- (ތިންހާސް ރުފިޔާ)

ޚާއްޞަ އެލަވަންސް:

މުސާރައިގެ %45

ވަޒީފާގެ ބާވަތް: 

ދާއިމީ

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރާގޮތަށް

ފެންވަރު ނުވަތަ ޝަރުތު:

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ނުވަތަ 7 ގެ ސަނަދެއް ޙާޞިލްކޯށްފައިވުން. ނުވަތަ،
  2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ނުވަތަ 5 ގެ ސަނަދެއް ޙާޞިލްކުރުމަށްފަހު 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  3. ޖީ.ސީ.އީ އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް އަދި ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،  ނުވަތަ
  4. ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް އަދި  ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

އެހެނިހެން ޝަރުތު:

  1. މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.
  2. ދިވެހި އަދި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގުން.
  3. ޢުމުރުން  45 އަހަރު ނުފުރޭ މީހަކު ކަމުގައިވުން.
  4. ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.
  5. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.

މަސްއޫލިއްޔަތު:

  • ސެކްޝަނުގެ ވާރކް ޕްލޭން ތައްޔާރު ކުރުން.
  • ކުރިއަށް އޮތް އަހަރަށް ބޭނުންވާ ސެކްޝަނުގެ ބަޖެޓް ތައްޔާރު ކުރުން.
  • ސެކްޝަނުގެ އިދާރީ މަސައްކަތް ކުރުން.
  •  ވޯޓުނަގާ މަރުކަޒުތަކަށް ފޮނުވަންޖެހޭ ވޯޓުކަރުދާހުގެ ތަފްޞީލު ތައްޔާރުކޮށް، ތަފްޞީލާ އެއްގޮތަށް ސެކިއުރިޓީ އުރައިގައި  ވޯޓުކަރުދާސް ބަންދުކޮށް، ފޮނުވޭނެ އިންތިޒާމު ހަމަޖެއްސުމުގެ އިދާރީ މަސައްކަތް ކުރުން.
  • ވޯޓުލާ ސަރަހައްދު ބައިކުރުމާއި، ސަރަހައްދުތަކުގެ ޗާޓު ތައްޔާރުކުރުމާއި، ވޯޓުފޮށި ބަހައްޓާނެ ޢަދަދާއި ވޯޓުފޮށި ބަހައްޓާނެ ތަންތަން ހަމަޖެއްސުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށްޓަކައި ގުރުއަތު ނެގުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ކެންޑިޑޭޓުންގެ ނަންތައް އިޢުލާނުކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
  • ވޯޓުނަގާ މަރުކަޒުތަކުގެ ލޭއައުޓް ތައްޔާރު ކުރުމާއި، އެތަންތަނަށް ބޭނުންވާ ވަސީލަތްތައް ހަމަކޮށް ވޯޓުނެގޭނެގޮތަށް  ތަން ތައްޔާރު ކުރުމުގައި ސެކްޝަނުގެ ވެރިޔާއަށް އެހީތެރިވުން.
  • އިންތިޚާބުތަކުގައި ބައިވެރިވާ ކެންޑިޑޭޓުން ހުށަހަޅާ މާލީ ބަޔާންތައް ބަލައިގަނެ، ރިޕޯޓުތައް ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމުގައި ސެކްޝަނުގެ ވެރިޔާއަށް އެހީތެރިވުން.
  • ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތަކާއި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުން.
  • ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތަކަށާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބީ ދާއިރާތަކަށް ގެނެވޭ ބަދަލުތަކުގެ މަޢުލޫމާތު ޢާންމުކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރުން.
  • ކޮމިޝަނުން އަންގާ ގޮތެއްގެ މަތިން އިންތިޙާބާއި ގުޅިގެން ކުރަން ޖެހޭ ކަންކަން ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ލެވެލް އެނގޭނެ ފަދަ ރަސްމީ ލިޔުމަކާއެކު. ރާއްޖެއިން ބޭރުފައި ހަދާފައިވާ ކޯހެއްނަމަ، ސެޓުފިކެޓު ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކުރުމަށްފަހު.
  • ދާއިރާގެ މަސައްކަތާގުޅޭ ގޮތުން ހަދާފައިވާ ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  • އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ނޯޓު:

މަތީގައި ދެންނެވިފައިވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށްވުރެ މަތީ ސެޓުފިކެޓެއް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ.

ސުންގަޑި:         

މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 27 ޑިސެންބަރު 2016 އަންގާރަ ދުވަހުގެ 15:00ގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

  • ފޯމު ބަލައިގަތުމަށްފަހު ސައްޙަ ނޫން މަޢުލޫމާތެއް ހިމަނާފައިވާކަން ނުވަތަ ޝަރުތު ހަމަނުވާކަމަށް ފާހަގަވެއްޖެނަމަ އެފޯމެއް ބާތިލް ކުރެވޭނެ އެވެ.
  • މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިޔު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިޔުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަވަން ވާނެއެވެ.
  • މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިޔުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.
  • ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން (ޕޯޓް ކޮމްޕްލެކްސް އިމާރާތުގެ 5 ވަނަ ފަންގިފިލާ އިން) ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.
 

ސީނިއަރ އޮފިސަރ (އެމް.އެސް.1) ހޮވުމުގައި ބަލާ މިންގަނޑު

ތަފްޞީލް

މާކްސް

ތަޢްލީމް

40 މާކްސް

މަސައްކަތު ތަޖުރިބާ

15 މާކްސް

އިންޓަރވިޔު

35 މާކްސް

ހާއްޞަ ހުނަރު (ޢަމަލީ ޓެސްޓު)

10 މާކްސް

 

100 މާކްސް


ޝޯޓްލިސްޓު ކުރެވޭގޮތް

  • ޝޯޓްލިސްޓު ކުރާނީ ތަޢުލީމު، މަސައްކަތު ތަޖުރިބާ އަދި ތަމްރީނާއި ހުނަރުގެ މާރކްސް އަށް ބެލުމަށްފަހު ލިބޭ މާރކްސްގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.
  • ތަޢުލީމީ ސެޓުފިކެޓަށް މާކްސް ދޭނީ މަސައްކަތުގެ ދާއިރާއާގުޅޭ ސެޓުފިކެޓުތަކަށެވެ.
  • މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށް ވުރެ މަތީ ސެޓުފިކެޓު ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓުފިކެޓުތަކަށް، މާކްސް ދެވޭނީ ތަޢުލީމަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ.

19 ރަބީޢުލްއައްވަލް    1438

18 ޑިސެންބަރު      2016