Election Commission of Maldives

1 އަހަރު ދުވަހުގެ މުއްދަތަށް އިންޓަނެޓް ކަނެކްޝަން ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

21 ޑިސެމްބަރު 2016, 12:00 އިއުލާން

ނަންބަރ:(A)AB-2016/234

1 އަހަރު ދުވަހުގެ މުއްދަތަށް އިންޓަނެޓް ކަނެކްޝަން ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

އިޢުލާނު

ކޮމިޝަނުގެ އިދާރާގައި އިންޓަރނެޓްގެ ޚިދުމަތް ބޭނުންކުރާ ނިސްބަތް އިތުރުވުމާއި ގުޅިގެން ޚިދުމަތުގެ ސްޕީޑް މަތިކުރުމަށް ބޭނުންވާތީ، މި ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ކުރި  ނަންބަރ: 196 (A)AB-2016/(07 ނޮވެމްބަރ 2016) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް ބާޠިލްކޮށް، އެ ޚިދުމަތް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

 ތަފްސީލު

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

26 ޑިސެމްބަރ 2016

ހޯމަ

14:00

އަންދާސީހިސާބު ހުށަހެޅުން

28 ޑިސެމްބަރ 2016

ބުދަ

14:00

 
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތާވަލުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3004428 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] އަށެވެ.

      22 ރަބީޢުލްއައްވަލް  1438

      21 ޑިސެމްބަރ     2016