Election Commission of Maldives

ވަޒީފާގެ ފުރުޞަތު - މެއިންޓެނެންސް އޮފިސަރ (އެސް.އެސް 4) - އެޑްމިނިސްޓްރޭޝަން ސެކްޝަން

29 ޑިސެމްބަރު 2016, 12:00 އިއުލާން

                                                ނަންބަރު: (A)AC-2016/239  

އިޢުލާނު

 

ވަޒީފާގެ ފުރުޞަތު

މަޤާމް:

 މެއިންޓެނެންސް އޮފިސަރ  (އެސް.އެސް 4)

ބޭނުންވާ ޢަދަދު:

01  (އެކެއް)

ސެކްޝަން:

އެޑްމިނިސްޓްރޭޝަން ސެކްޝަން

ބޭސިކް މުސާރަ:

މަހަކު340/- 4 (ހަތަރުހާސް ތިންުސަތޭކަ ސާޅީސްރުފިޔާ)

ސާރވިސް އެލަވަންސް:

މަހަކު 1000/- (އެއްހާސް ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު /-2000 (ދެހާސް ރުފިޔާ)

ޚާއްޞަ އެލަވަންސް:

މުސާރައިގެ %45

ވަޒީފާގެ ބާވަތް 

ދާއިމީ

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރަންޖެހިއްޖެ ނަމަ މަސައްކަތް ކުރާގޮތަށް.

ފެންވަރު ނުވަތަ ޝަރުޠު:

 1. ގްރޭޑް 10 ނިންމާފައިވާ މީހަކު ކަމުގައިވުން.
 2. މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 03 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
 3. އަސާސީ ފެންވަރަށް ކޮމްޕިއުޓަރ ޢިލްމު ދަންނަ ފަރާތެއް ކަމުގައިވުން.
 4. ކަރަންޓު މަސައްކަތްތަކާއި ކުދިކުދި މަރާމާތުތައް ކުރުމުގެ ޤާބިލުކަންހުރުން.
 5. އެއްގަމުގައި ދުއްވާ އުޅަނދު ފަހަރުގެ ލައިސަންސް (ކާރު އާއި ޕިކަޕް ފަދަތަކެތި ހިމެނޭގޮތައް) އޮންނަ ފަރާތެއް ކަމުގައިވުން.
 6. އުމުރުން 35 އަހަރުން ދަށުގެ މީހެއްކަމުގައިވުން.
 7. ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.
 8. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.

އެހެނިހެން ޝަރުޠު:

 1. އިނގިރޭސިބަހުންނާއި ދިވެހިބަހުން މުޢާމަލާތްކުރުމުގެ ޤާބިލްކަން ހުރުން.
 2. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތަކަށްވުން.

މަސްއޫލިއްޔަތު:

 • ކޮމިޝަނުގެ އިދާރާގައި ކަރަންޓު ވައިރިންގަށް ދިމާވާ ކުދިކުދި މައްސަލަތައް ޙައްލުކުރުން.
 • ސެކްޝަންހެޑްގެ ލަފާގެމަތިން ކޮމިޝަނުގެ އިދާރާގެ މަރާމާތުގެ މަސައްކަތްތައް ބެލެހެއްޓުން.
 • ސެކްޝަންގެ އިދާރީ މަސައްކަތްކުރުން.
 • މަރާމާތާ ގުޅިގެން އެކި ފަރާތްތަކުން ހޯދަންޖެހޭ ކޯޓޭޝަންތައް ހޯދުން.
 • ދާއިމީ އަދި ވަގުތީ މުވައްޒަފުންގެ ވޯރކް ސްޓޭޝަންތައް ޤާއިމްކުރުމުގެ މަސައްކަތްކުރުން.
 • އިންތިޚާބުތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
 • މީގެ އިތުރުންވެސް މަރާމާތާ ގުޅިގެން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 • ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު
 • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
 • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ (ޖީ.ސީ.އީ އޭލެވެލް، ޖީ.ސީ.އީ އޯލެވެލް، އެސް.އެސް.ސީ، އަދި އެޗް.އެސް.އެސް.ސީ ސެޓުފިކެޓުތައް އެކްރެޑިޓް ކުރާކަށް ނުޖެހޭނެއެވެ.)
 • ދާއިރާގެ މަސައްކަތާގުޅޭ ގޮތުން ހަދާފައިވާ ތަމްރީނުތަކުގެސެޓުފިކެޓުތަކުގެ ކޮޕީ
 • އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ (މަސައްކަތް ކޮށްފައިވާ މުއްދަތު އެގޭގޮތަށް) އެތަނަކުން ދޫކޮށްފައިވާ ލިޔުން.
 • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ސުންގަޑި:          

މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 09 ޖެނުއަރީ 2017 ވާ ހޯމަ ދުވަހުގެ 15:00ގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

 • ފޯމު ބަލައިގަތުމަށްފަހު ސައްޙަ ނޫން މަޢުލޫމާތެއް ހިމަނާފައިވާކަން ނުވަތަ ޝަރުތު ހަމަނުވާކަމަށް ފާހަގަވެއްޖެނަމަ އެފޯމެއް ބާާާތިލް ކުރެވޭނެ އެވެ.
 • މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިޔު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިޔުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަވަން ވާނެއެވެ.
 • މި މަޤާމުތަކަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިޔުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.
 • ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން (ޕޯޓް ކޮމްޕްލެކްސް އިމާރާތުގެ 5 ވަނަ ފަންގިފިލާ އިން) ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.
 

މާކްސް ދިނުމުގައި ބަލާނެ މިންގަނޑު

ތަފްޞީލް

މާކްސް

ތަޢްލީމް

15 މާކްސް

މަސައްކަތު ތަޖުރިބާ

35 މާކްސް

އިންޓަރވިޔު

50 މާކްސް

ޖުމްލަ

100 މާކްސް

 

ޝޯޓްލިސްޓު ކުރެވޭގޮތް

 • ޝޯޓްލިސްޓު ކުރާނީ ތަޢުލީމު، މަސައްކަތު ތަޖުރިބާ އަދި ތަމްރީނާއި ހުނަރުގެ މާރކްސް އަށް ބެލުމަށްފަހު ލިބޭ މާރކްސްގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.
 • މަސައްކަތު ތަޖުރިބާ ބެލުމަށް މާކްސް ދެވޭނީ، ކަމާ ގުޅޭ ދާއިރާއިން ސެޓުފިކެޓު ހާޞިލްކުރުމަށްފަހު ހޯދާފައިވާ ތަޖުރިބާއަށެވެ.
 • ތަޢުލީމީ ސެޓުފިކެޓަށް މާކްސް ދޭނީ މަސައްކަތުގެ ދާއިރާއާގުޅޭ ސެޓުފިކެޓުތަކަށެވެ.
 • މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވސެޓުފިކެޓުތަކަށް ވުރެ މަތީ ސެޓުފިކެޓު ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓުފިކެޓުތަކަށް، މާކްސް ދެވޭނީ ތަޢުލީމަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ.

30 ރަބީއުލްއައްވަލް 1438

29 ޑިސެންބަރު   2016