Election Commission of Maldives

އިލެކްޝަންސް ކޮމިޝަނުން ހައިކޯޓަށް މައްސަލަ ހުށަހަޅައިފި

29 ޑިސެމްބަރު 2016, 12:00 ޚަބަރު

ނަންބަރު:28/NR)BA-2016)

އިލެކްޝަންސް ކޮމިޝަނުން ހައިކޯޓަށް މައްސަލަ ހުށަހަޅައިފި

14 ޖަނަވަރީ 2017 ގައި ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމަށް ސިވިލް ކޯޓުން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ކުރި ޙުކުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ހައި ކޯޓުގައި އިސްތިއުނާފުކުރި މައްސަލަ އަނބުރާ ގެނެސް، ދަށު ކޯޓުން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ކޮށްފައިވާ ޙުކުމާއި ގުޅިގެން ހުރި ބައެއް ކަންކަމަށް ޙުކުމެއް ހޯދުމަށް އެދި އިލެކްޝަންސް ކޮމިޝަނުން މިއަދު ހައިކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.