Election Commission of Maldives

3 ޕާރޓް ކަރބަންލެސް ޕޭޕަރގައި ޕްރިންޓްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

11th ޖެނުއަރީ 2017, 12:00 އިއުލާން

ނަންބަރ:(A)AB-2017/06

3 ޕާރޓް ކަރބަންލެސް ޕޭޕަރގައި ޕްރިންޓްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާނު

މިކޮމިޝަނުންދޭ މަޢުލޫމާތާއި އެއްގޮތަށް 3 ޕާރޓް ކަރބަންލެސް ޕޭޕަރ ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު 231 (A)AB-2016/(19 ޑިސެމްބަރ 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރަން ވަޑައިގެންފައިނުވާތީ، އެ ޚިދުމަތް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

ގަޑި

ދުވަސް

ތާރީޚް

ތަފްސީލް

11:00

ބުދަ

18 ޖެނުއަރީ 2017

މަޢުލޫމާތު ސާފުކުރުން

11:00

އާދީއްތަ

22 ޖެނުއަރީ 2017

އަންދާސީހިސާބު ހުށަހެޅުން

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތާވަލުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3004428 ނަންބަރު ފޯނާއެވެ. އަދި އީމެއިލްކުރައްވާނީ [email protected] އަށެވެ.

        13 ރަބީޢުލްއާޚިރު 1438

        11 ޖެނުއަރީ    2017