Election Commission of Maldives

2017 ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އަތޮޅުތަކުގައި ޙަރަކާތްތެރިވާނެ ޓްރެއިނަރުން ހޯދުމަށް ކޮށްފައިވާ ނަންބަރު A)AC-2016/44) އިިޢުލާނާއި ގުޅިގެން ވ،ރ،ޅ،ދ،ގއ،އަތޮޅު އަދި މާލެއަށް ބޭނުންވާ އަދަދަށް ޓްރެއިނަރުން ލިބިފައި ނުވާތީ އިތުރު ޓްރެއިނަރުން ހޯދުމަށް އަލުން އިޢުލާން ކުރުން.

26 ޖެނުއަރީ 2017, 12:00 އިއުލާން

                                                                                                                                                                                                                     ނަންބަރު(A)AC-2017/16:

އިޢުލާން

2017 ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އަތޮޅުތަކުގައި ޙަރަކާތްތެރިވާނެ ޓްރެއިނަރުން ހޯދުމަށް ކޮށްފައިވާ ނަންބަރު (A)AC-2016/44 އިިޢުލާނާއި ގުޅިގެން ވ،ރ،ޅ،ދ،ގއ،އަތޮޅު އަދި މާލެއަށް ބޭނުންވާ އަދަދަށް ޓްރެއިނަރުން ލިބިފައި ނުވާތީ އިތުރު ޓްރެއިނަރުން ހޯދުމަށް އަލުން އިޢުލާން ކުރުން.

2017 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އިލެކްޝަން ކޮމިޝަނުންް އަތޮޅުތަކުގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ އޮފިޝަލުންނަށް ތަމުރީނު ހިންގުމަށް ކޮންމެ އަތޮޅަކުން މާސްޓަރ ޓްރެއިނަރުންގެ ގޮތުގައި ތަމްރީނުކުރާނެ 3-4 މީހުން ހޯދުމަށް ކޮށްފައިވާ އިޢުލާނާ ގުޅިގެނެް މަތިގައި ބަޔާން ކުރެވިފައިވާ  އަތޮޅުތަކުން ބޭނުންވާ އަދަދަށް މީހުން ލިބިފައި ނުވާތީ، އަލުން އެ އަތޮޅުތަކަށް ޓްރެއިނަރުން ހޯދުމަށް އިޢުލާން ކުރަމެވެ. މާސްޓަރ ޓްރެއިނަރެއްގެ ގޮތުގައި ކުރިމަތިލައި، ހޮވޭ ފަރާތްތަކަށް 2017 މާރިޗް  17އިން 25 އަށް މާލޭގައި ޓްރެއިނިންގ ސެޝަންތައް ހިންގޭނެއެވެ. އަދި 2017 މާރިޗް 26 އިން 6 އޭޕްރީލް އަށް މިޓްރެއިނަރުން މާލެއާއި އަތޮޅުތަކުގައި ޓްރެއިނިންގް ޕްރޮގްރާމް ހިންގުމުގައި ހަރަކާތްތެރިވާނެއެވެ. މިކަމަށް ކުރަންޖެހޭ އެންމެހައި ޚަރަދުތައް ކުރާނީ އިލެކްޝަންސް ކޮމިޝަނުންއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ސިޓީއާއެކު އެފަރާތުގެ ވަނަވަރު، ދިވެހިރައްޔިތެއްކަން އަންގައިދޭ ކަޑުގެ ކޮޕީ، ތަޢުލީމީ ސަނަދުތަކުގެ ކޮޕީ، އަދި ތަޖުރިބާ ސާބިތުކޮށްދިނުމަށް ބޭނުންވާ ލިޔުންތަކާއެކު، 02 ފެބުރުވަރީ 2017 ގެ 14:00 ގެ ކުރިން އެ ބޭފުޅަކު ނިސްބަތްވާ ރަށުގެ ކައުންސިލުގެ އިދާރާއަށް ނުވަތަ މި ކޮމިޝަނަށް ހުށަހެޅުއްވުން އެދެމެވެ. މިގޮތުން ކޮމިޝަނަށް ފޮނުވާ ސިޓީއާއި ލިޔުންތަށް ފޮނުވާނީ [email protected] އަށެވެ. ޓްރެއިނަރުން ހޮވުމުގައި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ފަންނުގެ ބޭފުޅުންނާއި ވޭތުވެދިޔަ އިންތިޚާބުތަކުގައި އެކި މަސައްކަތްތަކުގައި ޙަރަކާތްތެރިވެ ތަޖުރިބާ ލިބިފައިވާ ބޭފުޅުންނަށް އިސްކަންދެވޭނެއެވެ.

މި ޓްރެއިނިންގ ފުރިހަމަ ކުރައްވާ ފަރާތްތައް މި ކޮމިޝަނާއެކު އިޤްރާރުކުރެވި، އަތޮޅުގައި ޓްރެއިނިންގ ހިންގާ ކޮންމެ ދުވަހަކަށް އެފަރާތްތަކަށް -/700 (ހަތްސަތޭކަ) ރުފިޔާގެ ރޭޓުން އުޖޫރަ ހަމަޖެހިގެންދާނެއެވެ.

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް:-

  • އިންތިޚާބަށް ތަމުރީނުކުރަންޖެހޭ އެކި ފަރާތްތައް ތަމުރީނު ކުރެވޭނެ ފެންވަރުހުރުމާއި އެކު މަސައްކަތާގުޅޭ ދާއިރާއިން ސެޓުފިކެޓު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލުކޮށްފައިވުން.
  • ކިޔަވައި ދިނުމާއި، ތަމުރީނު ދިނުމުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވުން.
  • ވޭތުވެދިޔަ އިންތިޚާބުތަކުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.               

28 ރަބީއުލް އާޚިރް  1438 

  26 ޖަނަވަރީ  2017