?> Election Commission of Maldives

އިންޑޮނޭޝިއާގެ ލޯކަލް އިލެކްޝަން 2017 އޮބްޒާރވް ކުރުމަށް ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ބައިވެރިވެއްޖެ

15 ފެބުރުއަރީ 2017, 12:00 ޚަބަރު

އިންޑޮނޭޝިއާގެ ލޯކަލް އިލެކްޝަން 2017 އޮބްޒާރވް ކުރުމަށް ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ބައިވެރިވެއްޖެ


ޖެނެރަލް އިލެކްޝަން ކޮމިޝަން އޮފް ދަ ރިޕަބްލިކް އޮފް އިންޑޮނޭޝިއާ (ކޭ.ޕީ.ޔޫ) އިން އިންތިޒާމުކޮށްގެން 2017 ފެބުރުވަރީ 13 އިން 2017 ފެބުރުވަރީ 16 އަށް އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި ކުރިއަށްދާ 'އިލެކްޝަން ވިޒިޓަރ ޕްރޮގްރާމް' ގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ ކޮމިޝަނުގެ ނާއިބު ރައީސް އަމްޖަދު މުޞްޠަފާ އަދި ކޮމިޝަނުގެ މެންބަރު އަޙުމަދު އަކުރަމްއެވެ. 4 ދުވަހަށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ އިންޑޮނޭޝިއާގެ ލޯކަލް ކައުންސިލް އިންތިޚާބު އޮބްޒާރވްކުރުމުގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި އިންޑޮނޭޝިއާގެ އިންތިޚާބީ ނިޒާމަށް އަހުލުވެރިވެ، މިނިޒާމުގައިހުރި ގޮންޖެހުންތަކާއި މެދު މަޝްވަރާކޮށް ދިވެހިރާއްޖޭގެ އިންތިޚާބީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކުރެވިދާނެ ކަންކަން ދެނެގަތުމުގެ ގޮތުން މަޝްވަރާކޮށް މަޢުލޫމާތު ބަދަލުކުރެވިގެން ދާނެއެވެ.

މި ޕްރޮގްރާމް ގެ މަޤުސަދަކީ ތަފާތު އިންތިޚާބީ ނިޒާމުތައް ދެނެގަތުމާއި، އެކި ގައުމުތަކުގައި އިންތިޚާބު ބާއްވާގޮތްތަކުގެ މައުލޫމާތާއި ތަޖުރިބާ ބައިވެރިންގެ މެދުގައި ހިއްސާކޮށް އިންތިޚާބީ ނިޒާމު ހަރުދަނާކުރުމެވެ.

އިންޑޮނޭޝިއާގެ ލޯކަލް އިލެކްޝަން 2017 އޮބްޒާރވް ކުރުމުގައި ދިވެހިރާއްޖޭގެ އިތުރުން 28 ޤައުމެއްގެ އިލެކްޝަންސް ކޮމިޝަނަކުން ވަނީ ބައިވެރިވެފައެވެ.

                                                                                                                 15 ފެބުރުވަރީ 2017