?> Election Commission of Maldives

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 އަށް ކެންޑިޑޭޓުން ކުރިމަތިލުމާ ގުޅޭ

16 ފެބުރުއަރީ 2017, 12:00 އިއުލާން

 ނަންބަރު (A)CA-2017/33:

އިޢުލާން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 އަށް ކެންޑިޑޭޓުން ކުރިމަތިލުމާ ގުޅޭ

މި ކޮމިޝަނުގެ ނަންބަރު (A)CA-2017/5 (8 ޖަނަވަރީ 2017) އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ. ޙަވާލާދެވުނު އިޢުލާނުގައި ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބު 2017 އަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ ޝަރުތުތަކުގެ ގޮތުގައި ބަޔާންކޮށްފައިވާ ޝަރުތުތަކަށް، ޤާނޫނު ނަންބަރު 2017/1 {ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބުގެ ޤާނޫނު) އަށް 4 ވަނަ އިޞްލާޙް ގެނެވުމުގެ ޤާނޫނު} ގެ ދަށުން އަންނަނިވި ބަދަލު ގެނެވިފައިވާ ވާހަކަ ދެންނެވީމެވެ.

  1. ދިވެހި ރައްޔިތަކަށްވުން؛
  2. ބޭރު ޤައުމެއްގެ ރައްޔިތަކަށް ނުވުން؛
  3. ބޭރު ޤައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާނަމަ އެމީހަކު ދިވެހި ރައްޔިތަކަށްވުމަށްފަހު 5 (ފަހެއް) އަހަރު ފާއިތުވެފައިވުން؛
  4. މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކަށްވުން؛
  5. ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން؛
  6. ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން؛
  7. އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހަކު ކަމުގައިވުން؛
  8. އެއްވެސް ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެ، ޙުކުމެއް ތަންފީޛުކުރަމުންދާ މީހަކު ކަމުގައި ނުވުން؛
  9. ކުޑަކުއްޖަކާމެދު ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަން ނުވަތަ މީހެއްގެ ޢިއްފަތްތެރިކަން ފޭރިގަތްކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން؛
  10.  މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެ، އެމީހެއްގެ މައްޗަށް ޙުކުމެއް ކޮށްފައިވާނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ 7 (ހަތެއް) އަހަރު ފާއިތުވެފައިވުން ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފުކޮށްދެވުނުތާ 7 (ހަތެއް) އަހަރު ފާއިތުވެފައިވުން؛
  11.  9 ވަނަ ނަންބަރާއި 10 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށްތައް ފިޔަވައި އެހެން ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެ، އެމީހެއްގެ މައްޗަށް 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކޮށްފައިވާނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ 3 (ތިނެއް) އަހަރު ފާއިތުވެފައިވުން ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފުކޮށްދެވުނުތާ 3 (ތިނެއް) އަހަރު ފާއިތުވެފައިވުން.

ބުނެވިދިޔަ ޤާނޫނަށް ބަދަލު އައިނަމަވެސް ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބު 2017 އަށް ކުރިމަތިލުމަށް މިހާތަނަށް ހުށަހަޅައި، ކެނޑިޑެންސީ ޤަބޫލުކޮށްފައިވާ ކެނޑިޑޭޓުންގެ ކެނޑިޑެންސީއަށް ބަދަލެއް ނާންނާނެއެވެ. އަދި ކުރިން ޝަރުތު ފުރިހަމަ ނުވުމުގެ ސަބަބުން ކެނޑިޑެންސީ ބާޠިލް ކޮށްފައިވާ ފަރާތްތައް، މި ބަދަލާ ގުޅިގެން ޝަރުތު ފުރިހަމަވާނަމަ އަލުން ފޯމު ހުށަހެޅުމުގެ ފުރުޞަތު އޮންނާނެ ވާހަކަ ދެންނެވީމެވެ.

އަދި މިބަދަލާ ގުޅިގެން، 15 އެޕްރީލް 2017 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 އަށް ކުރިމަތިލުމުގެ މުއްދަތު 28 ފެބުރުވަރީ 2017 ވާ އަންގާރަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާ ވާހަކަ ދެންނެވީމެވެ.

      ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.

                              19 ޖުމާދަލްއޫލާ 1438

                               16 ފެބުރުވަރީ 2017