Election Commission of Maldives

ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ގުޅޭ

20 ފެބުރުއަރީ 2017, 12:00 އިއުލާން

ނަންބަރު(A)CA-2017/69:

އިޢުލާން

ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ގުޅޭ

           2017 އެޕްރީލް 15 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތި ލުމުގެ މުއްދަތު 2017 ފެބުރުވަރީ 28 ގެ ނިޔަލަށް އިތުރުކުރުމާއި ގުޅިގެން، ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުން މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ 2017 މާރިޗު 06 ވާ ހޯމަ ދުވަހު 10:00 ގައެވެ. ގުރުއަތުނެގުމަށް ހަމަޖެހިފައިވާ ތާރީޚާއި ގަޑިއަށް އިތުރު ބަދަލެއް އަތުވެއްޖެނަމަ، އެކަން އިޢުލާން ކުރެވޭނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.

                    23 ޖުމާދުލްއޫލާ 1438                       

                     20 ފެބުރުވަރީ 2017