Election Commission of Maldives

މޯބައިލް ސްޓޭޝަންތަކުގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި

20 ފެބުރުއަރީ 2017, 12:00 ޚަބަރު

މޯބައިލް ސްޓޭޝަންތަކުގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި

    2017 އެޕްރީލް 15 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއް ނުވަތަ ތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތަކަށް މޯބައިލް ސްޓޭޝަންތަކުގައި ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

    ހުޅުމާލެ އަދި ވިލިނގިލީގައި ބަހައްޓާ މި މޯބައިލް ސްޓޭޝަންތަކުގައި ރަޖިސްޓަރީވުމަށް ހުޅުވާލައިފައިވަނީ މިއަދުން (2017 ފެބުރުވަރީ 20) ފެށިގެން 2017 މާރިޗު 02 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. ރީ-ރަޖިސްޓަރީވުމަށްޓަކައި ހުށައަޅަންޖެހޭ "ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" މި މޯބައިލް ސްޓޭޝަންތަކުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

    ފޯމު ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ ހުޅުމާލޭގައިނަމަ، ހުޅުމާލެ ފެރީ ޓާރމިނަލުން އަދި ވިލިނގިލީގައި ނަމަ ވިލިނގިލީގެ ފެރީ ޓާރމިނަލުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެދުނު 10:00 އިން ހަވީރު :0004 އަށް، ބަންދު ދުވަސްތަކުގައި ހެނދުނު 10:00 އިން މެންދުރު 02:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ.

ހުޅުމާލެ އަދި ވިލިނގިލީގައި ބަހައްޓާ މޯބައިލް ސްޓޭޝަންތަކުގެ އިތުރުން އިންތިޚާބީ މަރުކަޒު (ބައު ޖަމާލުއްދީން) ފޯމު ހުށަހަޅަން އަންނަ މީހާ، އެމީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅުއްވަންޖެހޭއިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް އެފޯމާއެކު ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާނެއެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެފޯމު ހިފައިގެން އަންނަ މީހާ އެފޯމަށް ޒިންމާވާ ގޮތަށެވެ. ހަމައެއާއިއެކު އީމެއިލް ނުވަތަ ފެކުހުން ސީދާ އިލެކްޝަންސް ކޮމިޝަނަށް ފޮނުވާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިނުވެއެވެ.

                               20 ފެބުރުވަރީ 2017