Election Commission of Maldives

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގެ އޮބްޒާވަރަކަށް ވުމަށް އެދި ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

23 ފެބުރުއަރީ 2017, 12:00 އިއުލާން

ނަންބަރު:(A)DA-2017/70

އިޢުލާން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގެ އޮބްޒާވަރަކަށް ވުމަށް އެދި ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

2017 އެޕްރީލް 15 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައް އޮބްޒާވްކުރުމަށް ފުރުޞަތު ހުޅުވާލައި 2017 ފެބްރުއަރީ 14 ވީ އަންގާރަ ދުވަހު ކުރެވިފައިވާ މިކޮމިޝަނުގެ ނަންބަރު: (A)DA-2017/30 އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.

މި އިޢުލާނުގައިވާ ގޮތުގެ މަތިން މިއިންތިޚާބު އޮބްޒާވްކުރުމަށް ހުށަހެޅުމުގެ މުއްދަތު، 2017 މާރޗް 5 ވާ އާދީއްތަ ދުވަހުގެ ހަވީރު 16:00 އާ ހަމައަށް އިތުރުކޮށްފީމެވެ.

ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމަށް ޝައުޤުވެރިވާ ސިޔާސީ ޕާޓީތަކާއި، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޖަމްޢިއްޔާ ޖަމާޢަތްތަކާއި އަމިއްލަ ފަރާތްތަކުން ކުރިމަތިލުމަށް ފޯމް ހުށަހަޅާނީ އޮންލައިންކޮށެވެ. އެޕްލިކޭޝަން ފޯމު އޮންލައިންކޮށް ހުށަހަޅުއްވާނީ http://forms.elections.gov.mv މިލިންކު މެދުވެރިކޮށެވެ. އެޕްލިކޭޝަން ފޯމު އޮންލައިންކޮށް ހުށަހަޅާނޭ ގޮތުގެ އުޞޫލު މި ލިންކުން ފެންނަން ހުންނާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 ޖުމާދަލްއައްވަލް   1438

23 ފެބްރުއަރީ      2017